Tue, 18 January, 2022, 2:33 am
މޯލްޑިވްސް މެރިން އެކްސްޕޯގެ މެއިން ސްޕޮންސާ އެމްޓީސީސީ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: އެމްޓީސީސީ

މޯލްޑިވްސް މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ

Share on twitter
Share on facebook
Share on twitter
Share on facebook

މި އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯގެ މެއިން ސްޕޮންސާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި މެރިން އެކްސްޕޯގެ ފަރާތުން ސޮއިކުރެއްވީ އިވެންޓް މެނޭޖަރު ޝާމް މުހައްމަދެވެ.

2014 ވަނަ އަހަރުން ފެށިގެން ބާއްވާ މެރިން އެކްސްޕޯއަކީ މެރިން ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. އެމްޓީސީސީން ބުނީ އެކްސްޕޯ ބޭއްވި ފުރަތަމަ އަހަރުން ފެށިގެންވެސް އެ އެކްސްޕޯގައި އެ ކުންފުނިން ބައިވެރިވަމުން އަންނަ އެންމެ މުހިންމު މަގުސަދަކީ އެ ކުންފުނިން ވިއްކާ މެރިން ދާއިރާއާ ގުޅުންހުރި މުދަލާއި، ފޯރުކޮށްދޭ ހިދުމަތުގެ މައުލޫމާތު ވީހާވެސް ގިނަ ބައިވެރިންނަށް ހިއްސާކޮށް، ކުންފުނިން ހޯދާފައިވާ އިތުބާރު ދެމެހެއްޓުން ކަމަށެވެ.

މި އަހަރުވެސް އެމްޓީސީސީން އެ އެކްސްޕޯގައި ގިނަ ޕްރޮޑަކްޓުތަކެއް އެގްޒިބިޓް ކުރަން ނިންމާފައި ވެއެވެ. އެގޮތުން، ޔަންމާ އިންބޯޑް އިންޖީނު، ސުޒުކީ އައުޓްބޯޑް އިންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިންގް، މެރިން ކޯޓިންގްސް ހިމެނެއެވެ. އަދި އެމްޓީސީސީގެ ބޯޓު ޔާޑުން ދޭ ޑޮކިންގ އިންޖިނޭރިން، ވެލްޑިން، މެޓަލް ފެބްރިކޭޝަން، ފައިބާ އަދި ވަޑާމުގެ ހިދުމަތްތަކުގެ މައުލޫމާތުވެސް މި އެކްސްޕޯއިން ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. 

އެމްޓީސީސީންގެ ތިލަފުށީ ބޯޓު ޔާޑުގައި މިހާރުވެސް އެއްފަހަރާ 20 އުޅަނދަށް ޖާގަ ލިބޭއިރު، ރާއްޖޭގައި އޮތް އެންމެ ބޮޑު 200 ޓަނުގެ ބޯޓު މިވަގުތު ހޮއިސްޓު ކުރަނީވެސް އެ ބޯޓު ޔާޑުގައެވެ. އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މެރިން ދާއިރާއަށް ބޭނުންވާ ހުރިހާ މުދަލާއި ހިދުމަތެއްގެ ހައްލާއި މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހި ކޮށްދިނުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.