Tue, 18 January, 2022, 4:18 am

ކޮވިޑުގެ އާ ވޭރިއެންޓުން ފެންނަ އަލާމާތްތައް ތަފާތު، ސިއްހަތު ރަނގަޅު މީހުންނަށްވެސް ނުރައްކާ!

Share on twitter
Share on facebook
Share on twitter
Share on facebook

ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އާ ވޭރިއެންޓު “އޮމިކްރޯން”ގެ އަލާމަތްތައް ތަފާތު ކަމަށް، އެ ވޭރިއެންޓު ދެނެގަނެ، އެކަން ދުނިޔޭގެ ސަމާލުކަމަށް ގެނައި ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.

ބޭރުގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ދެކުނު އެފްރިކާގެ ޑރ. އެންޖެލީކް ކޯޓްޒީ ވިދާޅުވީ، އާ ވޭރިއެންޓެއް އުޅޭ ކަމަށް ޝައްކު ކުރެވެން ފެށީ އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލަށް އަންނަ ޕޭޝަންޓުންގެ ފަރާތުން ފެންނަން ފެށި އަލާމާތްތަކުން ކަމަށެވެ.

އަދި އެމީހުންނަކީ ކޮވިޑު ޕޭޝަންޓުން ނަމަވެސް، އެހެން ވޭރިއެންޓު ހުންނަ ޕޭޝަންޓުންގެ ފަރާތުން ފެންނަ އަލާމާތްތަކާ އާ ވޭރިއަންޓް ޕޭޝަންޓުންގެ އަލާމާތްތައް ވަރަށް ބޮޑަށް ތަފާތު ކަމަށް ވިދާޅުވި އެވެ.

އެގޮތުން، އޮމިކްރޯން ފެނިފައިވާ ބަލި މީހުންގެ ފަރާތުން ފެންނަމުން ދިޔައީ ވަރަށް މަދު އަލާމާތްތަކެއް ކަމަށާއި ކޮވިޑު ޖެހޭ މީހުންގެ ފަރާތުން އާންމުކޮށް ފެންނަަ ވަސް ނުދުވުމާއި ކާ އެއްޗެހީގައި ރަހަ ނުލުން ފަދަ އަލާމާތްތައްވެސް އެމީހުންގެ ފަރާތުން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ވޭރިއަންޓް ފެނިފައިވާ ސިއްހަތު ރަނގަޅު މީހުންވެސް ވަރުބަލިވާތީ އާއި ހިތުގެ ވިންދު އަވަސްވާތީ ހޮސްޕިޓަލަށް އަންނަކަން ފާހަގަކުރެއްވި އެވެ. އަދި އެޑްމިޓުކުރަން ޖެހުނު މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ވެކްސިން ނުޖަހާ މީހުން ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިދިޔަ ހުކުރު ދުވަހު ވަނީ އެ ވޭރިއެންޓުގެ ނުރައްކާ ބޮޑު ކަމަށް ކަނޑައަޅައިފަ އެވެ. އަދި އެހެން ވޭރިއެންޓުތަކާ އަޅާކިޔާއިރު އާ ވޭރިއެންޓުން އަލުން އިންފެކްޓުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުންޏެވެ.

ހޮންކޮންގާއި އިސްރާއީލް، ބޮސްޓްވާނާ އަދި އިނގިރޭސި ވިލާތުންވެސް އެ ވޭރިއެންޓު މިހާރު ވަނީ ފެނިފަ އެވެ. އަދި ގިނަ ތަޖުރިބާކާރުން ބުނާ ގޮތުން އެ ވޭރިއެންޓު އިތުރު ގިނަ ގައުމުތަކަކަށް ފެތުރިފައިވުމުގެ ފުރުސަތު ބޮޑެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.