Sat, 22 January, 2022, 7:59 pm
ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންސް އިން ތަރައްގީކުރާ އެއާޕޯޓު. (ފޮޓޯ/ސަވާދު އަބްދުﷲ،ފޭސްބުކް)

މިއަހަރު ކުރީކޮޅު ހުޅުވާނެ ކަމަށް ބުނި މަޑިވަރު އެއާޕޯޓް މިއަހަރު ނިމުމުގެ ކުރިން ހުޅުވަން އަންގައިފި

Share on twitter
Share on facebook
Share on twitter
Share on facebook

ޅ. މަޑިވަރުގައި ތަރައްގީކުރި އެއާޕޯޓް މި އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މުއްދަތު ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން، މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު ދައުލަތުގެ ޓީވީ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ނަހުލާ ވަނީ މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމައި، މިއަހަރުގެ ކުރީކޮޅު އެ އެއާޕޯޓުން ހިދުމަތް ދޭން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަހަރު ނިމެން މަހަކަށް ވެފައިވާ އިރުވެސް އެ އެއާޕޯޓު ހުޅުވާފައެއް ނުވެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑިވަރު އެއާޕޯޓް ހުޅުވޭނީ ކޮންއިރަކުންތޯ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް ސުވާލު ކުރެއްވުމުން ނަހުލާ ވިދާޅުވީ، އެ އެއާޕޯޓް ހުޅުވުމަށް މިއަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ވަގުތު ދީފައިވާ ކަމަށެވެ.

ދެ އަހަރުގެ ތެރޭގައި މަޑިވަރުގައި އެއާޕޯޓެއް އެޅުމަށް ކުރެއްދޫ ހޯލްޑިންގްސްއާއެކު ސަރުކާރުން އެއްބަސްވީ 29 މެއި 2018ގަ އެވެ. އެއާޕޯޓުގެ މަސައްކަތް އެ އަހަރު ފެށި އިރު، އެއާޕޯޓަށް ޖުމުލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ވަނީ ހަރަދުކޮށްފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ ގިނަ މަސައްކަތްތައްވެސް ކުރާ ކުންފުނި، ޗައިނާގެ ބީޔޫސީޖީން ހަދާފައިވާ އެ އެއާޕޯޓަކީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއެކު ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ.

އެ އެއާޕޯޓު ހިންގާނެ ބަޔަކު ހޯދުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ އިތުރުން މަންޓާ އެއާ އަދި ޓީއެމްއޭއާއެކު ކުރެއްދޫ ހޯލްޑިންސް އިން މަޝްވަރާ ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.