Fri, 30 September, 2022, 6:45 pm
ކިންގް ސަލްމާން މިސްކިތް ސަރައްދުގައި ގާއިމްކޮށްފައިވާ ޕާކިންގ ޒޯން -- ޕީއެސްއެމް

ކާނިވާ ސަރަހައްދުން ޕާކިން ސްލޮޓް ވިއްކައިގެން ކައުންސިލަށް މަހަކު 300،000 ރުފިޔާ

ހެންވޭރު ކާނިވާ ސަރަހައްދުގައި ފީ ދައްކައިގެން ވެހިކަލް ޕާކުކުރަން އިތުރު 600 ސްލޮޓް ދޫކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުން ޕާކިން ސްލޮޓް ވިއްކުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދުގައި ގާ އަތުރައިފަ އެވެ. އަދި އެތަނުން ކާރު ޕާކިންއަށް ހާއްސަކޮށްގެން 52 ސްލޮޓެއް ވަނީ ވިއްކައިފައެވެ. އެ ސްލޮޓްތައް ވިއްކާފައި ވަނީ މަހަކު 3000 ރުފިޔާއަށެވެ.

މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާ ކަންކަން ހާމަކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މުއިއްޒު ވިދާޅުވީ، ކާނިވާ ސަރަހައްދުގައި ޗެންޗޭނު ޖަހާފައިވާ ސަރަހައްދު ހިމެނޭ ގޮތަށް މުޅި ސަރަހައްދުން 600 ޕާކިން ސްލޮޓްތައް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 500 ސްލޮޓަކީ ސައިކަލު ޕާކުކުރުމަށް ދޫކުރާ ސްލޮޓްތަކެކެވެ. އެ ސްލޮޓްތަކަށް އެއްވެސް ފީއެއް ނުނަގާނެ އެވެ. ބާކީ ސްލޮޓްތަކަކީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ސްލޮޓްތަކެކެވެ. އޭގެ ތެރެއިންވެސް 50 ސްލޮޓް ޓެކްސީ ޑްރައިވަރުންނަށް ދޭން ވަނީ ނިންމައިފަ އެވެ.

މުއިއްޒު ވިދާޅުވީ، ފަހުން ދޫކުރަން ނިންމި ސްލޮޓްތަކުގައި ޕާކުކުރުމަށް މަހަކަށް ނަގާނީ 1500 ރުފިޔާ ކަމަށެވެ. އަދި އެ ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހު އޮންލައިންކޮށް ހުޅުވާލާނެ ކަމަށާއި، ސްލޮޓްތައް ދޫކުރާނީ އެންމެ ފުރަތަމަ އެކަމަށް ކުރިމަތިލާ މީހުންގެ ތަރުތީބުން ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.