Fri, 30 September, 2022, 6:38 pm
އަތޮޅުތެރެއަށް ފޮނުވަން ގެނައި އެމްބިއުލާންސްގެ ދެވަނަ ޝިޕްމެންޓް -- ފޮޓޯ: ހެލްތް މިނިސްޓްރީ

އަތޮޅުތެރެއަށް ފޮނުވަން އިތުރު 20 އެމްބިއުލާންސް ގެނެސްފި

އަތޮޅުތެރެއަށް ބޭނުންވާ އިތުރު 20 އެމްބިއުލާންސް ގެނެސްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ އެމްބިއުލާންސްތައް ރާއްޖެ ގެނެސް، މިއަދު ކަސްޓަމްސްއިން ކްލިއާ ކޮށްފައިވާ ކަމަށެވެ. އަދި އިދާރީ ކަންކަން ފުރިހަމަ ކުރުމަށް ފަހު، އަތޮޅުތަކަށް ފޮނުވާނެ ކަމަށް ބުންޏެވެ.

މިދިޔަ މަހުވެސް 20 ރަށަކަށް އެމްބިއުލާންސް ފޮނުވާފައި ވެއެވެ. އެގޮތުން، ހއ. އުލިގަމު، ހއ. ފިއްލަދޫ، ހދ. މަކުނުދޫ، ށ. ފޯކައިދޫ، ނ. މިލަދޫ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ކ. ހުރާ، އދ. ދަނގެތި، ފ. ބިލެއްދޫ ތ. މަޑިފުށި، ލ. މާމެންދޫ، ލ. ގއ. ގެމަނަފުށި، ށ. މަރޮށި، ތ. ގާދިއްފުށި، ބ. ކުޑަރިކިލު އަދި އއ. ތޮއްޑޫއަށް މިދިޔަ މަހު އެމްބިއުލާންސް ފޮނުވިއެވެ.

އެ އެމްބިއުލާންސް ތަކަކީއަތޮޅުތަކަށް ބޭނުންވާ އެމްބިއުލާންސް ހޯދުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނައި އެމްބިއުލާން ތަކެކެވެ.

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގައެވެ. އަދި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 180 ދުވަސް ތެރޭ (6 މަސް ތެރޭ) ގައި އެމްބިއުލާންސްތައް ފޯރުކޮށް ދޭ ގޮތަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.