Thu, 8 December, 2022, 3:13 pm
10 ޖުލައި 2021ގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން -- ހަފްތާ ފޮޓޯ

ރައީސް ޔާމީން ފުރުން މަނާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުރުން މަނާކޮށްފި އެވެ.

ފުލުހުން ބުނީ، ޝަރީއަތުގައި ހުރި މައްސަލަތަކަކާ ގުޅިގެން އެ އިދާރާއިން އެދުމުން، ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން މިއަދު ނެރެދީފައިވާ ކަމަށެވެ. އަދި އެ އަމުރު ނެރެފައިވާ ވަނީ ހަތް ދުވަހުގެ މުއްދަތަށް ކަމަށް ބުންޏެވެ.

ޔާމީން ފުރުން މަނާކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިކޮށްފައިވާ ވަނިކޮށެވެ. އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގައި ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރުމާ އެކު، ޔާމީން ވަނީ މިނިވަންވެފަ އެވެ.

ރައީސް ޔާމީން މިއަދު މިނިވަން ވެފައިވާ އިރު، ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލައި، މި މަހުގެ 24 ވަނަ ދުވަހު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.