Thu, 8 December, 2022, 10:29 am
މިނީ ބަހުގެ ހިދުމަތް ފަށަން އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

އިލެކްޓްރިކް މިނީ ބަހުގެ ހިދުމަތް ގާއިމު ކުރަނީ

އިލެކްޓްރިކް ބަހުގެ ހިދުމަތް ގާއިމުކުރަން އެންވަޔަރަމެންޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އާމިނަތު ޝައުނާ ސޮއިކުރެއްވި އިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާއިޝަތު ނަހުލާ އެވެ.

މި އެއްބަސްވުމަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެއް ތައާރަފުކޮށް، އިލްޓްރިކް މޮބިލިޓީ ކުރިއަރުވައި، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސޮއިކުރި އެއްބަސްވުމެކެވެ.

އެ މަޝްރޫއުގެ ދަށުން ދެ މިނީ ބަހާއި އެއް ޗާޖިން ސްޓޭޝަން ގަތުމަށް ވަނީ ނިންމައިފަ އެވެ. އެ ބަސްތައް ބޭނުން ކުރާނީ މާލެ ސަރަހައްދުގަ އެވެ. އެ އެއްބަސްވުމުގެ ދަށުން މާލޭ ސަރަހައްދަށް ބޭނުންވާ އިންޓްރަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓާ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރާނެ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އެ ހިދުމަތް ފެށޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.