Thu, 8 December, 2022, 2:52 pm
"އާސްކް ސްޕީކާ"ގެ ހަތަރުވަނަ އެޕިސޯޑުގެ ތެރެއިން --

ޔާމީން މިނިވަންވުމުން އެނގެނީ ރާއްޖޭގެ ޝަރުއީ ނިޒާމު މިނިވަންވަމުން އަންނަކަން: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ވުމުން އެނގެނީ ރާއްޖޭގެ ޝަރުއީ ނިޒާމް މިނިވަން ވަމުން އަންނަކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ “އާސްކް ސްޕީކާ”ގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިއީ ރާއްޖޭގެ ކުރީގެ ވެރިޔަކު ނުވަތަ ރަސަކު ދޫކޮށްލަން ކޯޓަކުން ނިންމި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މީގެ ކުރިން ގިނަ ފަހަރަށް ފެންނަނީ ކުރީގެ ރައީސުންނަށް ރާއްޖެ ނާދެވޭގޮތް ވާތަން ކަމަށާއި، ނޫންނަމަ މަރާލައި، ނުވަތަ ހައްޔަރުގައި ނިމިގެން ދާތަން ކަމަށެވެ.

“އަޅުގަނޑަށް ފެންނަ ގޮތުގައި ޝަރުއީ ނިޒާމް މިނިވަން ވެގެން އަންނަތަން އަޅުގަނޑުމެނަށް މި ފެންނަމުން މި ދަނީ” ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރަނގަޅަށް ޝަރީއަތް ކުރެވި، ގަޒިއްޔާއެއް ރަނގަޅަށް ނިންމޭ ކަމީ މުޅި ދިވެހި ރާއްޖެއަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ޝަރުއީ ނިޒާމު މިނިވަން ވާތަން ފެނުމަކީ ދިވެހިން އުފާވާނެ ކަމެއް ކަމަށް ވިދާޅިވިއެވެ.

ސުޕްރީމް ކޯޓުން މިއަދު ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ބާތިކޮށްފައެވެ. އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގައި ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރުމާ އެކު، ޔާމީން ވަނީ މިނިވަންވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.