Thu, 8 December, 2022, 1:56 pm
މަހިބަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް --

މަހިބަދޫއިން ގިނަ ބަޔަކު ޕޮޒިޓިވް، ރަށުތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް!

އދ. މަހިބަދޫއިން ގިނަ ބަޔަކު ޕޮޒިޓިވްވެ، އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މަހިބަދޫ ކައުންސިލުގެ ރައީސް ރަޝީދު އަލީ “ހަފްތާއަށް ވިދާޅުވީ، ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ރޯގާ ޖެހިގެން ކޮވިޑަށް ޓެސްޓު ކުރި މީހެއް ހަމަށެވެ. އަދި އޭގެ ފަހުން ގިނަ ބަޔަކު ޓެސްޓުކޮށް، އެ ރަށުގައި ޕޮޒިޓިވް ކޭސްގެ ގޮތުގައި މިހާރު 32 މީހުން އެބަތިބި ކަމަށް ވިދާޅުވިއެވެ.

އެ އެންމެންވެސް ޕޮޒިޓިވް ވެފައި ވަނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ. އަދި ޕޮޒިޓިވްވި މީހުންނަކީ އެއް ކްލަސްޓާއަކުން ޕޮޒިޓިވްވި މީހުން ނޫން ކަމަށާއި، ރަށުތެރޭގައި ބަލި ފެތުރި، ކޮމިއުނިޓީ ސްޕެރެޑެއް އުޅޭކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ގިނަ ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން، ރަށުތެރެ މޮނިޓާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން މިއަދު ވަނީ ބ. ދަރަވަންދޫވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ސްކޫލު ދަރިވަރުންތަކެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ހިޔާލު ފާޅުކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.