Fri, 30 September, 2022, 6:31 pm
ބާސާގެ މައްޗަށް ރޭ ހޯދި މޮޅާއެކު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ ---

ބަޔާން އަތުން ސުން ކަނޑުވާ ނުލެވި, ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ބާސާ ކަޓައިފި

ޗެމްޕިއަންސް ލީގުގެ ގުރޫޕް އީގެ ފަހު މެޗުގައި ރޭ ޖަރުމަނުގެ ބެޔާން މިއުނިކް އަތުން 0-3 އިން ބަލިވެ, ސްޕެއިންގެ ބާސެލޯނާ ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހިއްޖެ އެވެ.

ރޭގެ މެޗަށް ނުކުތް އިރުވެސް ބަޔާން އޮތީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. އަދި ރޭ ހޯދި މޮޅާއެކު އެ ޓީމުން ގުރޫޕް ސްޓޭޖު ނިންމާލީ ހަ މެޗުން 18 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް ބެންފީކާއަށް ހަ މެޗުން އަށް ޕޮއިންޓު ލިބިފައިވާ އިރު, ހަތް ޕޮއިންޓާއެކު ބާސާ އޮތީ ތިން ވަނައިގަ އެވެ. ފުލުގައި ޑައިނަމޯ ކިއެވް އޮތީ އެންމެ ޕޮއިންޓަކާއެކު އެވެ.

ރޭގެ ބައްޔަކީ މިއީ 17 އަހަރަށްފަހު ބާސާއިން ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރަށް ނުގޮސް ކަޓައިގެން ދިޔަ ފުރަތަމަ ފަހަރެވެ. ޗެމްޕިއަންސް ލީގުން ކަޓައި, ބާސާ އެންމެ ފަހުން ޔޫރޮޕާ ލީގު ކުޅުނީ 2004-2003 ގަ އެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބަޔާންގެ ފުރަތަމަ ގޯލު މެޗުގެ 34 ވަނަ މިނެޓުގައި ޖެހީ ތޯމަސް މުލާ އެވެ. ދެވަނަ ގޯލު ފުރަތަމަ ހާފު ނިމެން ދަނިކޮށް ކާމިޔާބު ކުރީ ލީރޯއި ސާނޭ އެވެ. މެޗުގައި ބަޔާންގެ ތިން ވަނަ ގޯލު 62 ވަނަ މިނެޓުގައި ޖެހީ މުސިއާލާ އެވެ. އޭނާގެ އެ ގޯލާއެކު އޭނާވެފައި ވަނީ ބާސާ ކޮޅަށް ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

ގުރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދިޔައީ ރޭ ޑައިނަމޯ ކިއެވްގެ މައްޗަށް 0-2 އިން ކުރި ހޯދައިގެން ބެންފީކާ އެވެ. އެ ޓީމުން ޖެހި ދެ ގޯލު ކާމިޔާބު ކޮށްދިނީ ޔަރެމްޗުކް އާއި ގިލްބާޓޯ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.