Fri, 29 March, 2024, 3:29 am

ވައިރޯޅިއަށް ވެސް ސިއްރުން ކެޓްރީނާއާއި ވިކީ ކައިވެނިކޮށްފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފްއާއި ބަތަލު ވިކީ ކޯޝަލް ކައިވެނިކޮށްފި އެވެ.

ރާޖަސްތާނުގެ ސިކްސް ސެންސަސް ފޯޓް ބަރްވަރާގައި ވަރުގަދަ ސެކިއުރިޓީއާއެކު ބޭއްވި ރަސްމިއްޔާތެއްގައި ދެތަރިން ކައިވެނިކުރީ މިއަދު ހަވީރެވެ. ދެ މީހުންގެ ކައިވެނީގެ އިންތިޒާމުތައް ރާވަމުން ދިޔައީ އެންމެނަށްވެސް ވަރަށް ސިއްރުންނެވެ. އަދި ކައިވެނި ކުރުމާ ހަމައަށްވެސް ދެ މީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަން އޮތީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ.

ކައިވެނި ހަފުލާގައި ފޯނު ބޭނުން ނުކުރުމަށް ހަފުލާގެ ބައިވެރިންނަށް އިރުޝާދު ދީފައިވީ ނަމަވެސް، ކައިވެނީގެ ބައެއް ފޮޓޯތައް ވަނީ ލީކުވެފަ އެވެ. އަދި ވިކީއާއި ކެޓްރީނާގެ އިންސްޓަގުރާމުގައިވެސް މިހާރު ވަނީ ކައިވެނީގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން ކެޓްރީނާ ކައިވެންޏަށް ލައިގެން ހުރީ ރަތް ކުލައިގެ ލެހެންގާއެކެވެ. އަދި ވިކީ ލައިގެން ހުރީ ޕީޗު ކުލައަކަށްދާ ޝޭރްވާނީއެކެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ކައިވެނި ހަފުލާ ބާއްވާ ރިސޯޓުގެ މަތީގައި ޑްރޯންއެއް އުޅުނަސް އޮތީ ބަޑި ޖަހައި ވައްޓާލާ ގޮތަށެވެ. އެ ދެމީހުންގެ ކައިވެންޏަށް އެ ރިސޯޓު ހުންނަ މަގުގެ ބޮޑުބައެއްވެސް އޮތީ ބަންދުކޮށްފަ އެވެ.

ކެޓްރީނާއާއި ވިކީގެ ޖޯޑަށް ސަޕޯޓަރުން ކިޔާ އުޅެނީ “ވިކެޓް”އެވެ. ރިޕޯޓުތައް ބުނާ ގޮތުން ވިކެޓްގެ ކައިވެނީގައި ބޮލީވުޑުގެ ގިނަ ތަރިން ބައިވެރިވެ އެވެ. ނަމަވެސް، ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ހާން އަދި އޭނާގެ އާއިލާ އެ ހަފުލާގައި ބައިވެރިއެއް ނުވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.