Sat, 22 January, 2022, 8:33 pm

”ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗަކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ”

Share on twitter
Share on facebook
Share on twitter
Share on facebook

މާތް الله ދުނިޔޭގެ ހަޔާތް ސިފަކޮށް ދެއްވާފައި ވަނީ އެއްބަޔަކު އަނެއްބަޔަކަށް ފަހުރުވެރިވާ ތަނެއްގެ ގޮތުގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ހަގީގީ ހަޔާތަކީ އުހުރަވީ ހަޔާތް” މި މައުޞޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ދުނިޔޭގެ ހަގީގަތަކީ ވަރަށް ރީތި އެހެންނަމަވެސް އެހަ އަވަހަށް ހަލާކުވެ ފަނާވެ ދަނިވި ވަގުތީ އުފަލެއް ދޭ ތަނެއް ކަމަށާއި އެއީ ދުނިޔެއަކީ ހައްގާއި ބާތިލުގެ ވާދަވެރިކަމުގެ ތަނެއް ކަމަށެވެ. އަދި އެއީ މުއުމިންނާއި ފާޖިރުން އިމްތިހާނު ކުރެއްވުމަށް ލައްވާފައިވާ, ރަނގަޅު މީހުންނާއި ނުބައިމީހުން އިމްތިހާނު ކުރައްވާ ތަނެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ ދުނިޔެއަށް އިންސާނާ ފޮނުއްވީ ހެޔޮ ގޮތުގައި ދުނިޔެ އިމާރާތްކޮށް, ހެޔޮ ގޮތުގައި މާތް الله އަށް އީމާންވެ, ދުނިޔެއިން ފައިދާ ލިބިގަތުމާއެކު އުހުރަވީ ހަޔާތަށްޓަކައި ހެޔޮ އަމަލުކޮށް އުޅުމަށް ކަމަށެވެ. އަދި އިންސާނާއަށް ގެއްލުން ހުރި ގޮތާއި ފައިދާހުރި ގޮތް އެކަލާނގެ ބަޔާން ކުރައްވާފައިވާ ކަމަށް ބުންޏެވެ.

ދުނިޔޭގައި މަދު ވަގުތުކޮޅެއް ވޭތުކުރުމަށްފަހު ދާއިމީ ހަޔާތަށް އިންސާނާ ދަތުރުކުރާނެކަން އަންގަވާފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެކަން އަންގަވާފައި ވަނީ ދުންޔަވީ އެދުންތަކުގައި އިންސާނާ މަޝްއޫލުވުމުގެ ސަބަބުން އުހުރަވީ ހަޔާތް ބީވެގެން ހިނގައިދާނެތީ ކަމަށެވެ. އަދި އެއީ ދުނިޔޭގެ ޒީނަތްތެރިކަމުގައި އިންސާނަ ޖެހުމުގެ ސަބަބުން އާހިރަތުގައި މާތް الله ގެ ކޯފާއަށް ހުށަހެޅިދާނެ ކަމަށްޓަކައި ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ, ބުއްދިވެރިޔަކީ އަބަދުމެ އުހުރަވީ ހަޔާތް ހިތް މައްޗަށް ގެނެސް, ހެޔޮގޮތުގައި ދުންޔަވީ ހަޔާތުގެ ބޭނުން ހިފާ މީހާ އާއި ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި މަސައްކަތްކުރާ މީހާ ކަމަށެވެ. އަދި މާތް الله ދުނިޔޭގެ ހަޔާތް ސިފަކޮށް ދެއްވާފައި ވަނީ އެއްބަޔަކަށް އަނެއްބަޔަކަށް ފަހުރުވެރިވާ ތަނެއްގެ ގޮތުގައި ކަމަށް ބުންޏެވެ.

މާތް الله ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

“ކެހިވަރުކަމުގެ ވަގުތީ އުފަލައްދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.”

ހުތުބާގައި ބުނީ, އިންސާނާ ކިތަންމެ މުދަލެއް ހޯދިކަމުގައި ވިޔަސް އެއީ ވަގުތީ އެއްޗެއް ނުވަތަ ދާދި އަވަހަށް ފަނާވެ ހިނގައިދާނެ އެއްޗެއް ކަމަށެވެ. ނުވަތަ އެއީ ދޫކޮށްފައި ދާންޖެހިދާނެ އެއްޗެއް ކަމަށާއި އެއަށްފަހު ވަނީ މާތް الله ގެ ހަޒްރަތުގައި ޖަވާބުދާރީ ވާންޖެހޭ ދުވަސް ކަމަށް ބުންޏެވެ.

އިންސާނުން ދުނިޔޭގެ އެދުންތަކަށް ހެއްލި ދަނީ ދުނިޔޭގައި ހިތްފަސޭހަކަމާއި ތަނަވަސްކަމުގައި އުޅުމުގެ ބޭނުމުގައިކަން ފާހަގަކޮށް ހުތުބާގައި ބުނީ, މީހެއްގެ ދިރިއުޅުން ބާއްޖަވެރި ދިރިއުޅުމަކަށް ވަނީ މާތް الله އަށް ތަގުވާވެރި ވެގެން ކަމަށެވެ. އަދި އޭނާގެ ހުރިހާ ކަމެއްގައި މާތް الله އަށް ކިޔަމަންތެރިވެގެން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.