Thu, 8 December, 2022, 10:38 am
މާފުށީގެ ނަން ބޯޑް ---

މާފުށި ބަންދުކޮށްފި

ކ. މާފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނީޓަރިންއަށް ލީ މިއަދު އެވެ. ނަމަވެސް އެކަން އެރަށު ކައުންސިލުގެ މެންބަރުންނަށް އެނގިފައި ނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެޗްޕީއޭގެ އޮފިޝަލަކު “ހަފްތާ” އަށް ވިދާޅުވި ގޮތުގައި، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ފުލޫ ސާމްޕަލްތަކާއި ރެންޑަމް ސާމްޕަލްތަކެއް ކޮވިޑަށް ޕޮޒިޓިވް ވުމާއި އެރަށަކީ ހައި ކެޓަގަރީއަށް ފެތޭ ރަށަކަށްވާތީ ކަމަށެވެ. އަދި އެރަށުން މިވަގުތު 12 ވަރަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި އެބަ ތިބި ކަމަށް ވިދާޅުވި އެވެ.

އާ އަހަރު ކުލަގަދަކޮށް ފާހަގަކުރަން އެތަށް ބަޔަކު އެރަށަށް ދާން ރާވާފައި ވަނިކޮށް މާފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު، މީގެ ދެ ދުވަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މާފުއްޓަށް ވަޑައިގެންފަ އެވެ.

އެމަނިކުފާނު މާފުއްޓަށް ވަޑައިގަތީ އެރަށުގެ ހިއްކި ބިމާއި ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ގެސްޓް ހައުސް ސިނާއަތް ފެށި އަދި އެކަމުގައި ނަމޫނާ ދައްކަމުންދާ މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައި އިރު، ސީޒަންއާ ދިމާކޮށް އެރަށުގައި މިހާރުވެސް 1600 އަށްވުރެ ގިނަ ޓޫރިސްޓުން އެބަ އުޅޭ ކަމަށް މައުލޫމާތު ލިބެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.