Thu, 8 December, 2022, 10:38 am
ރަތްމަންދޫ އާ އިންޖީނުގޭގެ ބިންގާ އެޅުން -- ފޮޓޯ: ފެނަކަ

އިންޖީނުގެތައް މީހުން ދިރިއުޅޭ ހިސާބުތަކާ ދުރަށް ގެންދިޔުމަށް ވީ ވައުދުގެ 99 ޕަސަންޓް ހާސިލުކޮށްފި

އިންޖީނުގެތައް މީހުން ދިރިއުޅޭ ހިސާބުތަކާ ދުރައް ގެންދިޔުމުގެ މަސައްކަތުގެ 99 ޕަސަންޓު ހާސިލުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

ފެނަކައިން މިއަދު ވަނީ މ. ރަތްމަންދޫގެ އާ އިންޖީނުގޭގެ ބިންގާ އަޅާފައެވެ. މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެ ކުންފުނީގެ އެމްޑީ އަހްމަދު ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންއާއި އެރަށު ކައުންސިލުގެ ރައީސް އިސްމާއީލް ނާހިދުއެވެ.

އެރަށު އިންޖީނުގޭގެ މަސައްކަތް 270 ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އެކަމާ ގުޅިގެން ފެނަކައިން ބުނީ، އެޔާއެކު މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިވު ވެވަޑައިގެންނެވި ވައުދުގެ 99 ޕަސަންޓު ހާސިލުކުރެވިފައިވާ ކަމަށެވެ.

ފެނަކައިން ބުނީ މިހާރު އެ މަސައްކަތް ނުފެށި ހުރީ ރާއްޖޭގެ 3 ރަށުގައި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.