Thu, 8 December, 2022, 10:39 am

ނޯރާ ކޮވިޑަށް ޕޮޒިޓިވް، ވަރަށް ބަލި

ބޮލީވުޑުގެ މަގުބޫލު ނެށުންތެރިޔާ އަދި އެކްޓްރެސް ނޯރާ ފަތޭހީ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެކަން ހާމަކޮށް އޭނާގެ ސޯޝަލް މީޑިއާ އެކައުންްޓުތަކުގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާއަށް ކޮވިޑު ޖެހި، އެންދުން ނުތެދުވެވޭ ވަރަށް ބަލިކޮށް އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. އަދި ޑޮކްޓަރުންގެ ލަފާ ހޯދަމުންދާ ކަމަށާއި، ކޮވިޑުގެ އަސަރު އޭނާއަށް ވަރަށް ބޮޑަށް ކުރި ކަމަށެވެ.

އެއާއެކު ނޯރާ ވަނީ އެންމެންވެސް މާސްކު އަޅައި، ރައްކާތެރިވެގެން ތިބުމަށް އެދިފައެވެ. އަދި އެކި މީހުންނަށް ކޮވިޑުގެ އަސަރު ކުރަނީ ތަފާތުކޮށް ކަމަށާއި، އެކަމަށް އެންމެންވެސް ސަމާލުވަން އޭނާ ވަނީ އެދިފައެވެ.

ދާދި ފަހުން އޭނާ ވަނީ އޭނާގެ ލަވައެއް ޕްރޮމޯޓުކުރުމަށް “އިންޑިއާސް ބެސްޓް ޑާންސާ” ޝޯއަށްވެސް ގޮސްފައެވެ. އަދި އޭނާ އިވެންޓެއްގައި އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ އޭނާ ކޮވިޑުގެ ފިޔަވަޅުތަކާ ހިލާފަށް އިވެންޓަށް ދިޔައީ ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް އޭނާގެ ޓީމުން ބުނީ، އެއީ އޭނާ ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން ދިޔަ އިވެންޓެއްގެ ފޮޓޯތަކެއް ކަމަށެވެ. އަދި އޭނާ ހުރީ ކަރަންޓީނުގައި ކަމަށާއި، ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ސަމާލުކަން ދޭ ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.