Thu, 8 December, 2022, 10:39 am

119 ކިލޯގެ ޑުރަގާއެކު ހައްޔަރުކުރި މީހުންގެ ފޮޓޯ: އިސްކޮށް ހުރީ ޑުރަގް ބޮޑެއް ކަމަށްވާ އަރުޝަދު

މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކެއްގައި ހޯދި 119 ކިލޯގެ ޑުރަގާއެކު ހައްޔަރުކުރި މީހުންގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

އެ ޑުރަގް އަތުލައިގަތީ ރާއްޖެއަށް ޑުރަގް އެތެރެކުރުމަށްފަހު އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެގޮތުން އެ އޮޕަރޭޝަންގައި މިމަހުގެ 12 ވަނަ ދުވަހު ބުރުޒުމަގުން ޓެކްސީއެއް ހުއްޓުވައި ދެ މީހަކު ހައްޔަރުކުރި އެވެ. އެއީ ގދ. ހޯނޑެއްދޫ/ އިރުމަތީގެ، އަހުމަދު ސުނައިނު (25އ) އާއި ގދ. ހޯނޑެއްދޫ/ ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އެވެ.

އެ ދެމީހުން ހައްޔަރުކޮށް ޓެކްސީ ބަލައި ފާސްކުރި އިރު، ޑުރަގު ހުރި 28 ރަބަރު ޕެކެޓް ފެނިފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން އެޓެކްސީން ފެނިފައިވާ ތަކެއްޗަކީ 12 ޑިސެމްބަރުގެ ފަތިހުގެ ވަގުތެއްގައި “ބަންގާ” ނަމަކަށް ކިޔާ ލޯންޗުން މާލެއަށް ޒުބައިރާއި ގދ. ހޯނޑެއްދޫ/ ދޯދި، މުހައްމަދު އަކްރަމް އަބްދުލްހަންނާން (31 އ) އާއި ގދ. ހޯނޑެއްދޫ/ އަލޯރާ، އަހުމަދު މުޖާހިދު (29އ) އެރުވި ޑުރަގުކަން ދެނެގަނެވިފައިވާ ކަމަށެވެ.

އަދި އެމީހުންނާ ގުޅުންހުރި ކާރަކުން ޑުރަގު ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއް މަޑިދަށުން ފަސް ރަބަރު ޕެކެޓް ހޯދި ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، އެ ޑުރަގު ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ފަރާތަކީ ރާއްޖޭގެ ޑުރަގް ބޮޑެއް ކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު (26އ) ކަމަށެވެ.

އަދި އޭނާ، މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނާ ބައްދަލުކޮށް ކަމުގެ އިރުޝާދު ދިނުމުގައި ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި އަދި މާލެއަށް ޑުރަގް އެތެރެކުރުމަށްފަހު އަރުޝަދާއި އަކްރަމް ޑިސެމްބަރު 12 ވަނަ ދުވަހު ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލާގައި ތުުހުމަތުކުރެވޭ ސުނައިން އާއި ޒުބެއިރަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވިގެން ޖެނުއަރީ 30، 2020 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު ދައުވާކުރެވި މައްސަލަ ޝަރީއަތުން ސާބިތުނުވުމާ ގުޅިގެން ސެޕްޓެމްބަރު 28، 2021 ވަނަ ދުވަހު ދޫކޮށްލާފައިވާ ދެ މީހުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.