Sat, 22 January, 2022, 7:07 pm
ގްރޭސްގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ޅ. ހިންނަވަރު ހަލީމަތު ލަމްހާ އަބްދުއްރަހުމާން ---

ލަމްހާގެ ކޮޓަރި ތެރެއިން ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އިންޖެކްޝަންތަކަކާއި ބޭސްތަކެއް!

Share on twitter
Share on facebook
Share on twitter
Share on facebook

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ މާވިންގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރަށް ނިސްބަތްވާ ހަލީމަތު ލަމްހާގެ ކޮޓަރި ތެރެއިން ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އިންޖެކްޝަންތަކަކާއި ބޭސްތަކެއް ފެނިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފި އެވެ.

މޭރީގެ މަރުގެ މައްސަލައިގައި އައިޖީއެމްއެޗްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މާވިންއާއި ލަމްހާވެސް ތިބީ ހައްޔަރުގައެވެ. މާވިން، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހައްޔަރުކުރި އިރު، ލަމްހާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ވަނަ ދުވަހު އެވެ.

އެ ދެމީހުންގެ މައްޗަށްވެސް ދައުވާ އުފުލައި، މިއަދު ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅި އިރު، ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ:

އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ

  • އަދަބު: 6 އަހަރަށް ޖަލަށްލުން
  • ސަބަބު: 19 އޮކްޓޫބަރު 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މާވިންގެ އަންހެނުން، މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީ އާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ

  • އަދަބު: 2 މަހާއި 12 ދުވަސް
  • ސަބަބު: މި މައްސަލައާ ގުޅިގެން 27 އޮކްޓޫބަރު 2021 ދުވަހު ލަމްހާ ދިރިއުޅޭގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު، އެ ގޭގައި މީނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން މީނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ.

ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ

  • އަދަބު: 2 މަހާއި 12 ދުވަސް
  • ސަބަބު: މި މައްސަލައާ ގުޅިގެން 27 އޮކްޓޫބަރު 2021 ދުވަހު ލަމްހާ ދިރިއުޅޭގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.