Sat, 22 January, 2022, 7:50 pm
މޭރީއާއި އޭނާގެ ފިރިމީހާ މާވިން ---

މޭރީ މަރާލީ ބޮލާއި ކަރަށް ހަމަލާދީ، ނޭވާ ހާސްކޮށްލައިގެން

Share on twitter
Share on facebook
Share on twitter
Share on facebook

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް، މޭރީ މަރާލީ އޭނާގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

މޭރީ މަރާލީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ އޭނާ ދަންޖެހިގެން މަރުވީ ކަމަށެވެ. ނަމަވެސް އޭނާގެ މަރުގެ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައި، މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި އެވެ.

ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން އޭރު ބުނީ މޭރީ މަރުވީ ދަންޖެހިގެން ކަމަށް ނުބެލޭ ކަމަށާއި އޭނާ މަރުވީ “ބްލަންޓް އިންޖަރީސް”ގެ ސަބަބުން ކަމަށެވެ.

މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ އައިޖީއެމްއެޗްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މޭރީގެ ފިރިމީހާ މާވިންއާއި އޭނާގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރަށް ނިސްބަތްވާ ހަލީމަތު ލަމްހާ އަދިވެސް ތިބީ ހައްޔަރުގައެވެ. މާވިން ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ލަމްހާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ވަނަ ދުވަހު އެވެ.

އެ ދެމީހުންގެ މައްޗަށްވެސް ދައުވާ އުފުލައި، މިއަދު ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅި އިރު، މާވިންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ އުފުލާ ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ، 19 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، މާވިން ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ބުރީގެ ތެރޭގައި އޭނާގެ އަންހެނުން، މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވުމެވެ.

އެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.