Thu, 8 December, 2022, 1:31 pm

އާލިއާގެ އިންސްޓަގްރާމުން ފެންނަނީ ރަންބީރުގެ ފޮޓޯ ނެެގުމުގެ މޮޅުކަން

އާލިއާ ބަޓްގެ އިންސްޓަގްރާމުން، ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ ފޮޓޯގްރަފީ އުކުޅު ދައްކާލައިފިއެވެ.

އާލިއާއާއި ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިިހާރު އަހަރުތަކެއް ވެފައި ވާއިރު، އެކަމަކީ މިހާރު އެކަކަށްވެސް ސިއްރުވެފައި އޮތް ކަމެއް ނޫނެވެ. އަދި ދޭތެރެއަކުން ދެމީހުން އެކުގައި ފެންނަ އިރު، މި ދުވަސްވަރުވެސް އެ ދެމީހުން އުޅެނީ އެކުގައި ޗުއްޓީއެއްގައެވެ.

އާލިއާ ވަނީ އެ ޗުއްޓީގެ ތެރެއިން ރަންބީރު ނަގާފައިވާ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަނީ އޭނާ ފޮޓޯއަށް ހުއްޓިގެން އިންނަ މަންޒަރެވެ. އެ ފޮޓޯތައް ހިއްސާކުރަމުން އޭނާ ބުނީ އޭނާގެ “ބޯއީފްރެންޑް”ގެ ފޮޓޯ ނެގުމުގެ މޮޅުކަން ދައްކާލަނީ ކަމަށެވެ.

އެ ދެ ލޯބިވެރިންގެ ސަޕޯޓަރުން އެމީހުން ކައިވެނި ކުރާނެ ދުވަހަކަށް ކެތްމަދުވެފައި ތިބި އިރު، ވަރަށް އަވަހަށް އެމީހުން ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. އެ ދެމީހުން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރު ކައިވެނި ކުރާށެވެ. އެހެން ނަމަވެސް އެ ދެމީހުންގެ ޝެޑިއުލް ތަން ނުދިނުމުން، އެ ކައިވެނި މި އަހަރަށް ފަސްކުރީއެވެ.

މި ދުވަސްވަރު އެމީހުން ދަނީ ދެމީހުން އެކުގައި ކުޅެފައިވާ ފިލްމު ބަރަހްމާސްތްރަ ޕްރޮމޯޓު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.