Fri, 30 September, 2022, 6:18 pm

އަލަށް ފެނުނު ގަހަކަށް ލިއަނާޑޯ ޑިކެޕްރިއޯގެ ނަމުން ނަންދީފި

އަލަށް ފެނުނު ގަހެއްގެ ބާވަތަކަށް މަޝްހޫރު އެކްޓަރު ލިއަނާޑޯ ޑިކެޕްރިއޯގެ ނަމުން ނަން ދީފިއެވެ.

ލިއަނާޑޯގެ ނަން ދީފައި ވަނީ ކެމަރޫންގެ އިބޯ ޖަންގަލިން ފެނުނު ގަހަކަށެވެ. އެ ގަހަށް ކިޔާފައި ވަނީ “ޔުވަރިއޮޕްސިސް ޑިކެޕްރިއޯ”އެވެ. މިއީ “އާ ސްޕިޝީސް”ތަކުގެ ލިސްޓަށް މި އަހަރު އިތުރުކުރި ދުރަތަމަ ބާވަތެވެ.

އެ ގަސް ފެނިފައި ވަނީ އެ ޖަންގަލީގެ ޔަބްސީ ކީ ބަޔޯޑައިވާސިޓީ ސަރަހައްދުންނެވެ. އަދި މިދިޔަ އަހަރު އެ ސަރަހައްދުން ގަސް ކެނޑުމުގެ މައްސަލަ އިތުރުވެފައި ވަނިކޮށް އެކަމަށް މީހުން ހޭލުންތެރިކުރުމުގައި ލިއަނާޑޯ ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ. އޭނާގެ ނަމުން އެ ގަހަށް ނަންދިން އެއް ސަބަބަކީވެސް އެއީއެވެ.

އިބޯ ޖަންގަލީގެ ސަރަހައްދު ދިރާސާކުރާ ސައިންސުވެރިއެއް ކަމަށްވާ މާޓިން ޗީކް ވަނީ އެ ޖަންގަލި ހިމާޔަތްކުރުމުގައި ލިއަނާޑޯގެ ދައުރަށް ޝުކުރު އަދާކޮށްފައެވެ. އަދި އެ ސަރަހައްދުން ފެނުނު ގަހަށް ލިއަނާޑޯގެ ނަން ދިނީ އޭނާގެ އަގުވަޒަންް ކުރުމަށް ކަމަށް ބުންޏެވެ.

ސައިންސުވެރިން ބުނާގޮތުން ޔުވަރިއޮޕްސިސް ޑިކެޕްރިއޯ އަކީ ހިމާޔަތްކުރަން ޖެހޭ ބާވަތެކެވެ. އަދި އެ ސަރަހައްދުން ގަސް ކެނޑުން ނުހުއްޓި ކުރިއަށް ގެންދާ ނަމަ، އެ ގަސް ނެތިގެން ހިގައިދާނެ ކަމަށް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.