Fri, 30 September, 2022, 5:06 pm
ނޮޅިވަރަންފަރު މަތިން ނަގާފައިވާ ފޮޓޯއެއް ---

ނޮޅިވަރަންފަރުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެނީ، ފެންނަނީ ބަލީގެ ބޮޑެތި އަލާމާތްތަކެއް!

ހދ. ނޮޅިވަރަންފަރުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރޭތީ އެރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ

ނޮޅިވަރަންފަރު ކައުންސިލް މެމްބަރު އަހުމަދު ވަހީދު މިއަދު “ހަފްތާ” އަށް ވިދާޅުވީ، އެރަށުން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަމަށެވެ. އޭނާއަކީ އެރަށު ފެނަކަ އޮފީހުގައި މަސައްކަތް ކުރާ މީހެއް ކަމަށާއި ނަމަވެސް މިފަހުން ރަށުން ބޭރަށް އޭނާ ގޮސްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ، އެފަހުން މިހާތަނަށް ނަތީޖާ ލިބިފައިވާ 38 ސާމްޕަލްވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުން ކަމަށާއި ނަމަވެސް ފުލޫ ކުލިނިކަށް ދައްކާ މީހުން ގިނަ އަދަދަކަށް ޕޮޒިޓިވް ވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

“ރަށުން ފުރަތަމަ ޕޮޒިޓިވްވި މީހާއަކީ އެއްވެސް ޓްރެވަލް ހިސްޓަރީއެއްވެސް އޮތް މީހެއް ނޫން. އެކަމަކު އޭނައަށް ބަލި ޖެހޭނީ ކޮންމެވެސް މީހެއްގެ ފަރާތުންކަން އެނގޭ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރަށުގައި މިއުޅެނީ އެއް ކުލަސްޓާއެއް،” އަހުމަދު ވިދާޅުވި އެވެ

މީގެ ކުރިންވެސް އެރަށުގައި ކޮވިޑު ފެތުރުނުކަން ފާހަގަކޮށް އަހުމަދު ވިދާޅުވީ، އޭރު ބަލި ޖެހުނު މީހުންގެ ފަރާތުން މާބޮޑު އަލާމާތެއް ނުފެނުނު ނަމަވެސް މިހާރު ބަލި ޖެހޭ މީހުންގެ ފަރާތުން ބޮޑެތި އަލާމާތްތައް ފެންނަމުންދާ ކަމަށެވެ. އެގޮތުން ގައިގާ ރިއްސުމާއި ކެއްސުމާއި ބޮލުގައި ރިހުން ފަދަ އަލާމާތްތައް ފެންނަމުންދާލެއް އިތުރުކަން އޭނާ ފާހަގަކުރެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.