Fri, 30 September, 2022, 4:59 pm
އެމްއެމްއޭގެ އިދާރާ --- ހަފްތާ ފޮޓޯ: މުހައްމަދު ހައްޔާން

ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑް އަދަދަކަށް ދަށްވެއްޖެ

ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑް އަދަދަކަށް ދަށްވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2021 ވަނަ އަހަރު ފެށުނު އިރު، ރާއްޖޭގެ ރިޒާވްގައި ހުރީ 830.65 މިލިއަން ޑޮލަރެވެ. އަދި އަހަރު ނިމުނު އިރު، އެ އަދަދު ވަނީ 791 ޑޮލަރަށް ދަށްވެފަ އެވެ.

ނަމަވެސް މިއީ 2021 ވަނަ އަހަރު ނިމޭ އިރު، ރަސްމީ ރިޒާވް ހުންނާނެ ކަމަށް ސަރުކާރުން ކުރިންވެސް ލަފާކުރި އަދަދަށްވުރެ އިތުރު އަދަދެކެވެ.

ރަސްމީ ރިޒާވަށް އައި ބަދަލު

  • ޖަނަވަރީ: 830.65 މިލިއަން އެމެރިކާ ޑޮލަރު
  • ފެބްރުއަރީ: 855.71 މިލިއަން އެމެރިކާ ޑޮލަރު
  • މާޗް: 844.74 މިލިއަން އެމެރިކާ ޑޮލަރު
  • އޭޕްރިލް: 878.04 މިލިއަން އެމެރިކާ ޑޮލަރު
  • މޭ: 926.06 މިލިއަން އެމެރިކާ ޑޮލަރު
  • ޖޫން: 912.36 މިލިއަން އެމެރިކާ ޑޮލަރު
  • ޖުލައި: 857.13 މިލިއަން އެމެރިކާ ޑޮލަރު
  • އޮގަސްޓް: 874.27 މިލިއަން އެމެރިކާ ޑޮލަރު
  • ސެޕްޓެމްބަރު: 1.02 ބިލިއަން އެމެރިކާ ޑޮލަރު
  • އޮކްޓޯބަރު: 947.6 މިލިއަން އެމެރިކާ ޑޮލަރު
  • ނޮވެމްބަރު: 943.82 މިލިއަން އެމެރިކާ ޑޮލަރު
  • ޑިސެމްބަރު: 791.20 މިލިއަން އެމެރިކާ ޑޮލަރު

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ، އިގުތިސާދު ހުޅުވި، އިމްޕޯޓް ކުރާ މިންވަރު މަތިވުމާ އެކު، 2021 ވަނަ އަހަރު ނިމޭ އިރު، ރަސްމީ ރިޒާވް 672 މިލިއަން ޑޮލަރުގައި ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި މިއަހަރު ނިމޭއިރުވެސް ރަސްމީ ރިޒާވް ހުންނާނީ ގާތްގަނޑަކަށް އެ މިންވަރުގައި ހިފެހެއްޓިފައި ކަމަށްވެސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.