Fri, 30 September, 2022, 4:51 pm
ސާމްޕަލް ސެންޓަރެއްގައި މަސައްކަތް ކުރާ ހެލްތު ކެއާ ވޯކަރެއް --- ހަފްތާ ފޮޓޯ: މުހައްމަދު ހައްޔާން

އެފްއޭއެމް އިމާރާތުގައި އިތުރު ސާމްޕަލް ސެންޓަރެއް، ސޯޝަލް ސެންޓަރުގައި ހުރިތަން ތާޖުއްދީނަށް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލަށް އިއްޔެ ގެނައި ކުއްލި ބަދަލާ ގުޅިގެން ސާމްޕަލް ނަގަން ދިގު ކިޔުތަކެއް ހަދާފައިވާތީ، އެފްއޭއެމް އިމާރާތުގައި އިތުރު ސާމްޕަލް ސެންޓަރެއް ހުޅުވައިފި އެވެ.

އެޗްޕީއޭއިން އިއްޔެ ހަވީރު 5:41 ހާއިރު ވަނީ، މާލޭ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރުކުރުމަށް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮތުން މަޖުބޫރުކޮށް އުސޫލު ބަދަލުކޮށްފަ އެވެ.

އަދި އެގޮތަށް ދަތުރު ކުރެވޭނީ ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށާއި ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުކުރާ މީހުން މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރުކުރާ ނަމަ، 14 ދުވަހު ކަރަންޓީނު ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އެ ބަދަލާއެކު ރޭ ވަރަށް ދަންވަންދެން ގިނަ ބަޔަކު ސާމްޕަލް ސެންޓަރުތަކުގެ ބޭރުގައި ކިއު ހެދި އިރު، މިއަދުވެސް އެތައް ބަޔަކު ވަނީ ކިއު އަށް އަރައިފަ އެވެ. ކުއްލިއަކަށް ބަދަލު ގެނެސް، އިންތިޒާމުތައް ފުރިހަމަވެފައި ނެތުމުން ގިނަ ބައެއްގެ ނުރުހުން އެޗްޕީއޭ އަށްވެސް ވަނީ އަމާޒުވެފަ އެވެ.

އެއާއެކު އެޗްޕީއޭ އިން މިހާރު ވަނީ އެފްއޭއެމް އިމާރާތުގައި އިތުރު ސާމްޕަލް ސެންޓަރެއް ހުޅުވައިފަ އެވެ. އެތަނަކީ މީގެ ކުރިން ފުލޫ ކުލިނިކެއްގެ ގޮތުގައިވެސް ބޭނުންކުރި ތަނެކެވެ. އޭގެ އިތުރުން ސޯޝަލް ސެންޓަރުގައި ހުރި ސާމްޕަލް ސެންޓަރު، މިހާރު ވަނީ ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފަ އެވެ.

ސާމްޕަލް ސެންޓަރުތަކާއި ސާމްޕަލް ނަގައިދޭ ވަގުތުތައް:

ތާޖުއްދީން ސްކޫލުން:

  • ހޮނިހިރު – ބުދަ: 9:00 އިން 12:00/ 15:00 އިން 18:00 އަށް
  • ބުރާސްފަތި: 9:00 އިން 12:00 އަށް
  • ހުކުރު: 15:00 އިން 18:00 އަށް

ވިލިމާލެ:

  • ކޮންމެ ދުވަހަކު: 16:00 އިން 18:30 އަށް

އެފްއޭއެމް އިމާރާތް:

  • ކޮންމެ ދުވަހަކު: 14:00 އިން 18:00 އަށް

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.