Mon, 28 November, 2022, 10:19 am
19 ޑިސެމްބަރު 2021, މާލެ, އެމްއެންޕީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް --- ހަފްތާ ފޮޓޯ

އެތައް އިރަކު ކިޔުގައި ތިބެން ޖެހޭތީ ނާޒިމްގެ ފާޑުކިޔުން: ލުއި ގޮތެއް ހޯދައިދޭން ޖެހޭ!

މިފަދަ ޒަމާނެއްގައި އެތައް އިރަކު ރައްޔިތުންގެ ކިޔުގައި ތިބެން ޖެހުމަކީ ބަލައިގަންނަން އުދަނގޫ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ

އެޗްޕީއޭއިން އިއްޔެ ހަވީރު ވަނީ، މާލޭ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރުކުރުމަށް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮތުން މަޖުބޫރުކޮށް އުސޫލު ބަދަލުކޮށްފަ އެވެ.

އެ ބަދަލާއެކު މާލެ ސަރަހައްދުގައި ހިލޭ ސާމްޕަލް ނަގައިދޭ ހަމައެކަނި ތަން، ސޯޝަލް ސެންޓަރުގެ ބޭރުގައި ދަންވަންދެން މީހުން ކިއުގައި ތިއްބެވެ. އަދި މިއަދު ހެނދުން ފެށިގެންވެސް، ގަދަ އަވީގައި ކުޑަކުދިންނާއެކު ގިނަ ބަޔަކު ކިއުގައި ޖެހުނެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިންގިތާލީ ރައީސްގެ މަގާމުގައިވެސް ހުންނެވި ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި އެތައް ގަޑިއިރުތަކެއް ވަންދެން ރައްޔިތުން ކިއޫގައި ތިބެން ޖެހުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.

“ރައްޔިތުންނަށް ދަތިނުވާ ގޮތަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ޕީސީއާރު ހެދޭނެ އިންތިޒާމް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލަން،” ނާޒިމް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.