Sat, 22 January, 2022, 7:23 pm
ސްޓެލްކޯގެ މިޑްލް މެނޭޖްމެންޓަށް ހާއްސަކޮށްގެން ބޭއްވި ޓްރެއިނިން ނިންމާލުނން -- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ އިސް މަގާމުތަކާ ހަވާލުވާން ތިބި މުވައްޒަފުންނަށް ފުރަތަމަ ފަހަރަށް ހާއްސަ ތަމްރީނެއް

Share on twitter
Share on facebook
Share on twitter
Share on facebook

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މިޑްލް މެނޭޖްމެންޓަށް ހާއްސަކޮށްގެން ބޭއްވި މެނޭޖީރިއަލް ޓްރެއިނިން ނިންމި ބައިވެރިންނަށް ސްޓްފިކެޓު ހަވާލުކޮށްފިއެވެ.

އެ ޓްރެއިނިން ހިންގާފައި ވަނީ ލީޑާޝިޕް، ޕީޕަލްް އަދި ޕްރޮޖެކްޓް މެނޭޖްމެންޓް ސްކިލްތަކަށް އިސްކަންދީގެންނެވެ. ތިން ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ދަށުން މިޑްލް މެނޭޖްމެންޓުގެ 45 މުވައްޒަފަކަށް ތަމްރީނު ދީފައި ވެއެވެ. އެ ޓްރެއިނިން ކުރިއަށް ގެންދިޔައީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީގެ އިސްނެންގެވުމާއެކުގައެވެ.

ސްޓެލްކޯއިން ބުނީ އެ ޓްރެއިނިންނަކީ އެ ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ އިސް މަގާމުތަކާ ހަވާލުވާން ތިބި ފަރާތްތަކަށް ދެވުނު ފުރަތަމަ ޓްރެނިން ކަމަށެވެ. މީގެ ކުރިން އެފަދަ ތަމްރީނުތައް ދީފައި ވަނީ ސީނިއާ މެނޭޖްމެންޓަށެވެ.

ސެޓްފިކެޓު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ، އެ ޓްރެނިންއަކީ އެފފަދަ އެހެން ޕްރޮގްރާމްތަކެއްގެ ފެށުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ އެހެން ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި މި ޓްރެނިންއާއެކު ކުންފުނި ކުރިއަށްދާ ސްޕީޑާ އެއްވަރަށް ކުންފުނީގެ ހުރިހާ ޑިޕާޓްމެންޓެއްގެ ހިންގުންްގެސް އިތުރަށް ހަރުދަނާ ވެދާނެވެ ވަރުގަދަވެގެންދާނެ ކަމަށާއި، މުޖުތަމައުއަށް އަންނަ ބަދަލާއެކު އާންމުންގެ އުންމީދުތަކާ އެއްވަރަށް ހިދުމަތްދެވޭނެ ވަރުގަދަ ލީޑާޝިޕެއއް ތައްޔާރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން މިފަދަ ޓްރެއިނިންތަކާއެކު ކުންފުނީގެ ކުރީގެ ސަގާފަތް ބަދަލުގެން އަންނައިރު، ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތްތެރި، ތެދުވެރި އަދި އަހުލާގު ރަނގަޅު ބަޔަކަށް ހެދޭނެ ކަމަށާއި، އެ މުވައްޒަފުންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން މޯޓިވޭޓު ކުރުމަށްވެސް އިތުރު ހުނަރުތައް ދަސްވެގެންދާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.