Sat, 22 January, 2022, 8:08 pm
ދިރާގުގެ ހައިސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ރ. ހުޅުދުއްފާރުގައި އިފްތިތާހުކުރުން -- ފޮޓޯ: ދިރާގު

ހާއްސަ އޮފާތަކަކާއެކު ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓް އަދި ދިރާގު ޓީވީގެ ހިދުމަތް ހުޅުދުއްފާރަށް

Share on twitter
Share on facebook
Share on twitter
Share on facebook

ދިރާގުގެ ހައިސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ރ. ހުޅުދުއްފާރުގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެ ހިދުމަތްތައް ހުޅުދުއްފާރަށް އިފްތުތާހުކޮށްފައި ވަނީ ހާއްސަ އޮފާތަކަކާ އެކުގައެވެ. އެގޮތުން، ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް ހުށަހަޅާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓަރުވެސް ހިލޭ ލިބިގެންދާނެެއެވެ. މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލެވެންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ފާހަގަކުރެއެވެ.

ދިރާގު ޓީވީއަށް ހުށަހަޅާ ކަސްޓަމަރުންނަށްްވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދޭނެއެވެ. އަދި އެއާއެކު ޖޯއީބޮކްސް ނުވަތަ ޑީކޯޑާ މުޅިން ހިލޭ ލިބިގެންދާނެއެވެ. ދިރާގު ޓީވީ މެދުވެރިކޮށް އެރަށު ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ލިބިގެން ދާނެއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އަދި މިހާރު ރާއްޖޭގެ ގޭބިސީގެ 82 ޕަސަންޓަށް އެ ހިދުމަތް ދިރާގުން ފޯރުކޮށްދެމުންދާއިރު 75 ރަށަކަށް އެ ހިދުމަތް ފޯރުކޮށްދެއެވެ. އަދި ދިރާގު ޓީވީން 100 އަށްވުރެ ގިނަ ޓީވީ ޗެނަލް ފެންނައިރު، އެއީ އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ.

އޭގެ އިތުރުން ކޮންޓެންޓް ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތުކުރުމެއް ނެތި ދިރާގުން މިހާރު ވަނީ ރާއްޖޭގެ 82 ގޭބިސީއަށް ދިރާގު ޓީވީ ހިދުމަތް ފޯރުކޮށްދީފައެވެ.

ދިރާގުން އަބަދުވެސް ކަސްޓަމަރުންނަށް ދެވޭނެ  ލުއިފަސޭހަގޮތްތަކެއް ހޯދައިފުމަށް މަސައްކަތްކުރާއިރު، އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި އިނޮވޭޝަން ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށްވެސް ގިރާގުން މަސައްކަތް ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.