Sat, 22 January, 2022, 6:56 pm
މެކްސިކޯގެ ރައީސް އަންދްރޭޒް މެނުއަލް ލޯޕެޒް އޮބްރަދޯރް --

ކޮވިޑަކީ އާދައިގެ ރޯގާއެއް ކަމަށް ވިދާޅުވި މެކްސިކޯގެ ރައީސް އަނެއްކާވެސް ޕޮޒިޓިވް

Share on twitter
Share on facebook
Share on twitter
Share on facebook

މެކްސިކޯގެ ރައީސް އަންދްރޭޒް މެނުއަލް ލޯޕެޒް އޮބްރަދޯރް އަނެއްކާވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު އެކަން އިއްޔެ އެކަން އިއުލާން ކުރައްވަމުން އިބްރަދޯރް ވިދާޅުވީ، އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެހެންކަމުން މިހާރު ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށާއި، ފެންނަނީ ބަލީގެ ކުދި އަލާމާތްތައް އެކަނި ކަމަށް ވިދާޅުވިއެވެ.

އޮބްރަދޯރް ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އެމަނިކުފާނުގެ ކެބިނެޓް ސެކެޓްރީންނާއި ބައެއް ޑިޕާޓްމެންޓުތަކުގެ ވެރިން ބައްޔަށް ޕޮޒިޓިވްވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ޕޮޒިޓިވް ވުމުގެ ގަޑިއިރުތަކެއްގެ ކުރިން މާސްކު ނާޅުއްވައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައިވާއިރު، އެ ބައްދަލުވުމުގައިވެސް އެމަނިކުފާނު ވަނީ ރޯގާގެ އަލާމާތް ހުރި ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެއީ އާދައިގެ ރޯގާކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަނެއްކާވެސް އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ. އަބްރަދޯރަކީ މީގެ ކުރިންވެސް ކޮވިޑަކީ އާދައިގެ ރޯގާއެއް ކަމަށް އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައިވާ ބޭފުޅެކެވެ. އަދި މާސްކު އެޅުމަށްވެސް ދެކޮޅުހައްދަވައި ވާހަކަ ދައްކަވައެވެ.

މިދިޔަ އަހަރުގެ ކުރީކޮޅުވެސް އޮބްރަދޯރް ކޮވިޑަށް ޕޮޒިޓިވްވިއެވެ. އޭގެ ފަހުން އެމަނިކުފާނު ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖައްސަވާފައިވާއިރު، މިދިޔަ ޑިސެމްބަރު މަހު ވަނީ ބޫސްޓާ ޑޯޒުވެސް ޖައްސަވައިފައެވެ.

އޮމިކްރޯން ވޭރިއެންޓާ ގުޅިގެން މެކްސިކޯގެ ކޮވިޑު ކޭސްތައް އަނެއްކާވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 186 ޕަސަންޓު އިތުރުވެފައިވާއިރު، އެ ގައުމުން ޕޮޒިޓިވްވީ މީހުންޖެ ޖުމްލަ އަދަދު 4.1 މިލިއަނަށް އަރައެވެ. އަދި އެގައުމުން އެ ބަލީގައި 3 ލައްކައަށްވުރެ ގިނަ މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.