Fri, 30 September, 2022, 11:27 am

ރޭގަނޑު ނިދަން އުދަނގޫ ނަމަ ސައިތައްޓެއް ބޯލާ

ރޭގަނޑު ގަޑީގައި ނިދަން އުނގަދޫވުމަކީ ގިނަ ބަޔަކަށް ހައްލުނުވެފައި އޮތް ކަމެކެވެ. އަދި ކިތަންމެ ގިނައިރު އެނދުގައި އޮތަސް، ނުނިދޭ މީހުންވެސް އުޅެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުން ރޭގަނޑު ގަޑީގައި ސައިތައްޓެއް ބޯލުމަކީ ނިދުމަށް އެހީވެދޭނެ ކަމެކެވެ. އެގޮތުން އެންމެ ރަނގަޅު ސައިގެ ބާވަތްތައް މި ލިޔުމުގައި ހިމަނާލާނަމެވެ.

އޭގެ ތެރެއިން އެއް ބާވަތަކީ ކެފެއިން މަދު ގްރީންޓީ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުން، ގްރީންޓީ ބުއިމުން ރޭނގަނޑު ނިދުމަށް އެހީވެދިނުމުގެ އިތުރުން، އަރާމު ނިންޖަކުން ނިދާލެވޭނެ އެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުން، ގްރީންޓީ ބުއިމުން ވަރުބަލިކަން ނައްތާލައި، ކަންބޮޑުވުން މަދުކޮށްދެއެވެ.

ކެމޮމައިލް ސަޔަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ހުންނަ ސައެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި އޭގައި ހުންނަ ސެޑޭޓިވް ބާވަތްތަކުން ނިދުމަށް އެހީވެދެ އެވެ. އެންްޓިއޮކްސިޑެންޓެއް ކަމަށްވާ އެޕިގެންނިން ކެމޮމައިލް ސައިގައި ގިނަ އަދަދަކަށް ހުރެ އެވެ. އަދި އެ ބާވަތަކީ ހަށިގަނޑުގެ މަސަތައް ހަމަޖެހުމަށް އެހީވެދޭ އަދި ނިދުމަށް އެހީވެދޭ މާއްދާއެކެވެ.

މެގްނޯލިޔާ ސަޔަކީވެސް ނިދުމަށް އެހީވެދޭ ވައްތަރެކެވެ. އެގޮތުން އިހުޒަމާނުގެ ބައެއް ބޭސްވެރިކަމުގައިވެސް ނިދުމަށް އެހީވެދޭ ބާވަތެއްގެ ގޮތުގައި މެގްނޯލިއާ ސައި ބޭނުންކުރާ ކަމަށްވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.