Thu, 26 May, 2022, 1:09 pm
30 ނޮވެމްބަރު 2021، މާލެ، ޔާމީންގެ މައްޗަށް އިއްވާފައިވާ މަނީލޯންޑްރިންގެ ދައުވާ ސުޕްރީމް ކޯޓުން ބާތިލުކުރުމުން، އެމަނިކުފާނު މިނިވަންވެ ސަޕޯޓަރުންނާއެކު --- ހަފްތާ ފޮޓޯ

ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވާނެކަން އަންގާފައި ވަނިކޮށް ޔާމީން ކޮމަންޑުއަށް

Share on twitter
Share on facebook
Share on twitter
Share on facebook

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފައި ވަނިކޮށް، ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު މާދަމާ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

އެ އަޑުއެހުމުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ލިޔެކިޔުންތައް ލިބިފައިވާކަން ކަށަވަރު ކުރުމަށް އިތުރު ވަގުތު ދިނުމަށްފަހު މާދަމާއާއި މިމަހުގެ 27 ވަނަ ދުވަހު އެ ޝަރީއަތްތަކުގެ އިތުރު އަޑުއެހުންތައް ބާއްވާނެ ކަމަށް ކުރިިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ރަޝީދު އިއުލާން ކުރެއްވި އެވެ.

މާދަމާއަށް އަޑުއެހުމެއް ތާވަލުކޮށްފައިވާކަން ހަފުތާއެއް ކުރިން އަންގާފައި ވަނިކޮށް ރައީސް ޔާމީން މާދަމާ ކޮމަންޑުއަށް ވަޑައިގަންނަވަން ނިންމެވި ސަބަބެއް ނޭނގެ އެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޔާމީންގެ ދަތުރުފުޅުގައި ށ. ފުނަދޫގެ ރައްޔިތުން އިންތިޒާމުކުރާ “އިންޑިއާ އައުޓް” ހަރަކާތުގައިވެސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ނަމަވެސް ކެމްޕެއިން ދަތުރުފުޅުގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

އިދިކޮޅު ލީޑަރު ޔާމީން، ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ދަތުރުފުޅެއް ފައްޓަވާ އިރު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިނާ ދިމާކޮށް، ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅުވުމުގެ މަޝްރޫއު އިފުތިތާހު ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މާދަމާ ކޮމަންޑުއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.