Fri, 30 September, 2022, 6:12 pm

ހުރިހާ ކޮމިޝަންތަކެއް އޮތީ ޕެރަލައިޒް ކޮށްފައި, އިންތިހާބު މިނިވަނެއް ނުވާނެ: ޝުޖާއު

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އިންތިހާބު އިންތިހާބުވެރި ނުވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިންތިހާބާ ގުޅިގެން އިދިކޮޅުގައި ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުންނާ ހިއްސާކުރުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ, ބައި އިލެކްޝަނާ ކުރިމަތިލާ އިރު, ސަރުކާރަށް ތުހުމަތުވާ އެއް ކަމަކީ ކޮރަޕްޝަނާއި އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަ ކަމަށެވެ.

އަދި އެފަދަ މައްސަލަތައް ބަލަން އޮންނަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ކުރިއާލައި ރާވައިގެން ވަކިކޮށްފައިވާ އިރު, ސިޔާސީ ޕާޓީތަކުގެ ބަދަލުވެރި ފަރާތުގެ ހައިސިއްޔަތުން އީސީން އިސްވެ ސަރުކާރަށް އަމާޒުވާ ތުހުމަތުތައް ރައްޔިތުންގެ މަޖިލީހަށާޢި ސަރުކާރަށް ހުށަހަޅަން ޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ ޕާޓީއާއި ކެންޑިޑޭޓުގެ ހައްގުތައް ގެއްލޭ އިރު, މިކަމާ އިސްވެ އިލެކްޝަން ކޮމިޝަނުން މަސައްކަތް ނުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންވެސް މިކަމުގައި ބައިވެރިވާ ބައިވެރިވުމެއް ކަމަށް އަޅުގަނޑުމެން ތުހުމަތު މިކުރީ. ހަގީގަތުގައިވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދުވެސް މިކަމަށް އެއްބަސްވެވަޑައިގެންނެވި,” ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, އޭސީސީގައި މެންބަރުން ހަމަނުވެ, އިންތިހާބަކަށް ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އީސީގެ މެންބަރުންވެސް ގަބޫލުކުރައްވާ ކަމަށެވެ.

“ހުރިހާ ކޮމިޝަންތަކެއް ޕެރަލައިޒްކޮށް, މަލްޓި ޕާޓީ ސިސްޓަމެއްގެ ތެރެއިން އިންތިހާބެއް ބާއްވާއިރު, ޝަކުވާ ހުށަހެޅޭނެ ތަނެއް ނެތް, އޮތްތަނުގައި މެންބަރެއް ނެތް..މިނިވަނެއް ނުވާނެ,” ޝުޖާއު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.