Mon, 28 November, 2022, 5:48 am
މާކުރަތު ބަނދަރު ތަރައްގީ ކުރުމަށާއި އުނގޫފާރު ނެރު ބަދަލުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ހައުސިން މިނިސްޓްރީ

މާކުރަތު ބަނދަރު ތަރައްގީ ކުރުމަށާއި އުނގޫފާރު ނެރު ބަދަލުކުރަން އެމްޓީސީސީ އަށް

ރ. މާކުރަތު ބަނދަރު ތަރައްގީ ކުރުމަށާއި އެ އަތޮޅު އުނގޫފާރު ނެރު ބަދަލުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެ ދެ މަސައްކަތުގެ އެއްބަސްވުމުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މާކުރަތު ބަނދަރު ތަރައްގީކުރުން

ޖުމުލަ 26.6 މިލިއަން ރުފިޔާގެ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 350 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

  • 45،023.84 އަކަ މީޓަރަށް ބަނދަރު ފުންކުރުން
  • 140 މީޓަރު ބޭރުތޮށި ޖެހުން
  • 85 މީޓަރު ރިވެޓްމަންޓް ޖެހުން
  • 28 މީޓަރު ގްރޮއިން ޖެހުން
  • 129 މީޓަރު އެއްގަމުތޮށި ޖެހުން
  • 26 މޫރިން ރިންގް ހަރުކުރުން
  • 5 މޫރިން ބޮއި ހަރުކުރުން
  • 10m x 9mގެ ރޭމްޕެއް ހެދުން
  • 641 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން
  • 9 މަގު ބައްތި ޖެހުން
  • މިހާރުގެ ބަނދަރުގައި ހުރި މަރާމާތުގެ މަސައްކަތް ކުރުން

އުނގޫފާރު ނެރު ބަދަލުކުރުން

ޖުމުލަ 18.6 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

  • 41،980 އަކަ މީޓަރު ބަނދަރު އަދި ނެރު ފުންކުރުން
  • 162 މީޓަރު ބޭރުތޮށި ޖެހުން
  • 2 ނެރު ބައްތި ޖެހުން

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.