Fri, 30 September, 2022, 6:07 pm
ކޮމަންޑޫ ދާއިރާއަށް ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓު، މޫސާ ފަތުހީގެ ކެމްޕޭން ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްކަވަނީ -- ފޮޓޯ: ޕީޕީއެމް

ކޮމަންޑޫ ކައިރީގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ޔާމީން ވައުދުވެއްޖެ

ށ. ކޮމަންޑޫ ކައިރީގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވައުދުވެވަޑައިގެންފި އެވެ.

ޔާމީން އެކަމަށް ވައުދުވެވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު، މޫސާ ފަތުހީގެ ކެމްޕެއިނަށް މިއަދު ހަވީރު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ، ކޮމަންޑޫގެ އާބާދީގެ މައްސަލައަށް ހައްލެއް ހޯދައިދޭނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށެވެ. އަދި އެ މަސައްކަތް އެމަނިކުފާނުގެ ވެރިކަމުގައި ފެއްޓެވި ކަމަށާއި މި ސަރުކާރަށް ކޮމަންޑޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ވިސްނިގެން އުޅެނީ އިންތިހާބަކަށް އައުމުން ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ، އިންތިހާބަކަށް ނަޔަސް ރައްޔިތުންނަށް ބޭނުންވާ ކަންކަން އިހުސާސްވުމުން ޕީޕީއެމްގެ ސަރުކާރުން އެކަންް ކޮށްދޭނެ ކަމަށެވެ.

“އަދި މިތާ ކައިރީގައި މި އޮތް ދިގުވެލިދޫއަކީ ޕީޕީއެމް ސަރުކާރެއްގައި ތިބޭފުޅުންނާއި މާލެއާ އަދި ތިބޭފުޅުންނާ އެހެން ރަށްރަށާ ގާތް ކޮށްދޭނެ ވައިގެ ބަނދަރެއް އޮންނާނެ ރަށެއްކަމުގައި ތިބޭފުޅުން ގަބޫލުކުރައްވާ،” ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެ ވައުދަކީ ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީ ހޮވުމަށް ޝަރުތުކުރުމަށް ފަހު ވެވަޑައިގެންނެވި ވައުދެއް ނޫން ކަމަށެވެ. އަދި ކޮމަންޑޫ ސަރަހައްދަކީ މަސްވެރި ރަށަކަށްވާތީ އެރަށާ ކައިރީގައި އޮންނަ ށ. ކީކިމިނީ ފެކްޓްރީގެ ފައިދާ އެރަށު ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.