Fri, 30 September, 2022, 6:39 pm
1 ފެބްރުއަރީ 2021, މާލެ, ރާއްޖޭގައި ކޮވިޑު ވެކްސިން ޖަހަން ފެށުމަށް މިއަދު ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ހޮނިހިރު ދުވަހުން ފެށިގެން ބޫސްޓާ ޑޯޒް ޖަހަން ފަށަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބޫސްޓާ ޑޯޒް ޖަހަން ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، 18 އަހަރުންމަތީގެ ހުރިހާ މީހުންނަށް ބޫސްޓާ ޑޯޒް ވެކްސިން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޖަހައިދޭނެ ކަމަށެވެ.

ބޫސްޓާ ޑޯޒް ޖެހޭނީ ކޮވިޑް ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒުތައް ފުރިހަމަކޮށް ހަ މަސް ފުރިހަމަވެފައިވާ މީހުންނަށް ކަމަށާއި ބޫސްޓާ ޑޯޒެއްގެ ގޮތުގައި ޖަހާނީ ފައިޒާ ވެކްސިން ކަމަށްވެސް އިއުލާނުގައިވެ އެވެ.

އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ.

ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:

  • އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
  • ބަލީގެ އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
  • ގަޔަށް، ދޫ، ފަސޭހައިން ވެކްސިން ޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
  • ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.