Sat, 22 January, 2022, 7:14 pm
މާލޭ އިސްކަންދަރު ސްކޫލުގެ ދަރިވަރެއްގެ ހުން ހުރިތޯ ބަލަނީ -- ފޮޓޯ: އިސްކަންދަރު ސްކޫލް ފޭސްބުކް ޕޭޖް

މާލޭ ސްކޫލުތަކުގައި ފުރަތަމަ ހަފުތާގައި ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހޭނީ މަދުވެގެން 2 ދުވަހު

Share on twitter
Share on facebook
Share on twitter
Share on facebook

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ، މާލޭ ސްކޫލުތަކުގައި ފުރަތަމަ ހަފުތާގައި ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭނީ މަދުވެގެން ދެ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

2022-2021 ވަނަ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔަވައިދިނުން އަންނަ ހޮނިހިރު ދުވަހު ފަށައި އިރު، ސްކޫލުތައް ބަންދު ނުކުރާން ވަނީ ނިންމައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮވިޑް ހަލުވިކަމާ އެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭ އިން އަންގަމުންދާތީ، ފުރަތަމަ ހަފުތާގެ ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ބައެއް ކަންކަމަށް ސަމާލުވުމަށް ސްކޫލުތަކަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން ސްކޫލުގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ގައިދުރުކަން ދެމެހެއްޓުމަށާއި ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ހުން ބެލުން އަދި ސެނެޓައިޒްކުރުން ނުވަތަ އަތްދޮވުމަށް ވަނީ އަންގައިފަ އެވެ. އަދި ކުލާސްރޫމުގައި ދަރިވަރުން ތިބޭ އިރު ތިން ފޫޓު ދުރުމިން ބެހެއްޓުމަށާއި މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލުގައި ނުހިންގުމަށްވެސް ވަނީ އަންގައިފަ އެވެ.

އޭގެ އިތުރުން ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުމަށާއި ގްރޭޑް 1 އިން 8ގެ ދަރިވަރުން ފުރަތަމަ ހަފުތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމަށް ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު “ހަފްތާ” އަށް މިއަދު ވިދާޅުވީ، ފުރަތަމަ ހަފުތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން އެންގި ނަމަވެސް، ސްކޫލުގައި ކިޔަވައިދޭނެ ދުވަސްތަކާއި ސްކޫލަށް ހާޒިރުނުކޮށް ކިޔަވައިދޭނެ ގޮތްތައް އިންތިޒާމުކޮށް ރާވާނީ ސްކޫލުތަކުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.