Thu, 8 December, 2022, 11:10 am
ބ.ދަރަވަންދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް:

މިއަދުގެ މިހާތަނަށް ހަތަރު ރަށެއް ބަންދުކޮށްފި

ކޮވިޑް ކޭސްތަކެއް ފެނިގެން މިއަދުގެ މިހާތަނަށް ހަތަރު ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މޮނީޓަރިންއަށް ގެންނަ ރަށްތަކުގެ މައުލޫމާތު އެޗްޕީއޭ އިން މީޑިއާއާ ހިއްސާ ކުރަމުންދާ އިރު، މިއަދުގެ އެކަނިވެސް ހަތަރު ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެއީ:

 1. ށ. ފުނަދޫ
 2. ބ. ދަރަވަންދޫ
 3. ދ. ބަޑިދޫ
 4. ލ. ގަން

މި ތިން ރަށުގެ ތެރެއިން ފުނަދޫ އާއި ދަރަވަންދޫއަކީ ޑޮމެސްޓިކް އެއާޕޯޓެއް އޮންނަ ރަށެކެވެ. މިއަދު މޮނީޓަރިންގެ ހާލަތަށް ގެނައި ހަތަރު ރަށާއެކު މޮނީޓަރިންގެ ހާލަތުގައި މިވަގުތު 12 ރަށެއް އެބަ އޮތެވެ. އެއީ:

 1. ކ. ތުލުސްދޫ
 2. ހދ. ނައިވާދޫ
 3. ދ. ހުޅުދެލި
 4. ކ. މާފުށި
 5. ހއ. އިހަވަންދޫ
 6. ހދ. ނެއްލައިދޫ
 7. ލ. ފޮނަދޫ
 8. ހދ. ނޮޅިވަރަންފަރު
 9. ށ. ފުނަދޫ
 10. ބ. ދަރަވަންދޫ
 11. ދ. ބަނޑިދޫ
 12. ލ. ގަން

ރާއްޖޭގައި އަނެއްކާވެސް ކޮވިޑު ފެތުރެމުންދާ އިރު، އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުން، ރާއްޖޭގައި މިހާރު ފެތުރެމުން ދަނީ ކޮވިޑް-19ގެ އާ ވޭރިއަންޓް، އޮމިކްރޯން އެވެ. އަދި އެ ވޭރިއަންޓް މާލޭގެ އިތުރުން ކ. މާފުއްޓާއި ދ. ކުޑަވަހުދޫން ވަނީ ފެނިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

 1. ދ.ކުޑަހުވަދޫގައި ކޮވިޑް ކޭސްތައް މަތިމައްޗަށް އިތުރުވިޔަސް އެތަނަކަށް ބާރުހިންގޭނެ އަދި މޮނީޓަރިންނަށްލެވޭނެ މައިމޫނާއެއް ރާއްޖެއަކުނެތް

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.