Thu, 8 December, 2022, 1:41 pm
29 އޮގަސްޓް 2021, މާލެ, އެމްޓީސީސީގެ ހޮޓްލައިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަ ދައްކަވަނީ --- ހަފްތާ ފޮޓޯ

މި ސަރުކާރަކީ އިންތިހާބަށް ފޮޅޭ މަލެއް ނޫން: އާޒިމް

މި ސަރުކާރަކީ އިންތިހާބަށް ފޮޅޭ މަލެއް ނޫން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެހެން ވިދާޅުވީ ށ. ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް މިއަދު ހަވީދު ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ، މި ސަރުކާރުގެ މަސައްކަތް ލަސް ކަމަށް ވާހަކަ ދައްކަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަގު ވައްޓާލަން ކަމަށެވެ. އަދި މީގެ ކުރިން ދެ އަހަރު ތިން އަހަރުން ނިންމާ ބަނދަރުގެ މަސައްކަތް މިހާރު އެއް އަހަރުގެ ތެރޭގައި ނިންމާ ކަމަށާއި، މަސައްކަތް ލަސް ނަމަ އެކަން އެގޮތަށް ނުވީސް ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކޮމަންޑޫގައި އެ މަޝްރޫއު ނިންމާއިރު، އެރަށަށް ބޭނުންޖެހިފައިވާ ބައެއް ކަންކަން އެ ކުންފުނީގެ ސީއެސްއާރުގެ ދަށުންވެސް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެރަށު ޓާފް ދަނޑުގެ މަސައްކަތާއި ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ފާހަގަކުރެއްވިއެވެ.

“ތިބޭފުޅުން ޝައްކުކޮށްފާނެ، މިތަނަށް މިއަދު އިންތިހާބަކާ ދިމާވީމަ އައިސް މިކަން ކުރާތީ ޝައްކުކޮށްފާނެ. ޝައްކު ނުކުރައްވާ. މި ސަރުކާރަކީ އިންތިހާބަށް ފޮޅޭ މަލެއް ނޫން” އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރަކީ އިންތިހާބަށް ފޮޅޭ މަލަކަށް ވާނަމަ، އެމްޓީސީސީން 150 ޕްރޮޖެކްޓުގައި ސޮއި ނުކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް އެމްޓީސީސީން ތަރައްގީގެ މަޝްރޫއެއްގައި ސޮއިކުރާ ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.