ސާރާ އަލީ ހާން އަނެއްކާވެސް ރާއްޖެ އަންނަ ހިތުން އެވާހަކަ ދައްކަން ފަށައިފި އެވެ.
ސާރާ އެހެން ބުނެފައި ވަނީ އޭނާގެ އިންސްޓަގުރާމުގައި ހިއްސާކުރި ފޮޓޯއަކާ އެކުގަ އެވެ. ރާއްޖޭގައި ނަގާފައިވާ އެ ފޮޓޯ ހިއްސާކުރަމުން ސާރާ ބުނީ އެ ވަޔާއި އިރުގެ އަލި ވަރަށް ހަނދާންވާ ކަމަށެވެ.
ރާއްޖެއަކީ ސާރާއަށް އެންމެ ކަމުދާ މަންޒިލެކެވެ. އަދި މިދިޔަ އަހަރުވެސް އެއް ފަހަރަށްވުރެ ގިނަ ފަހަރު ރާއްޖެ އައިސްފައިވެ އެވެ. ކޮންމެ ފަހަރަކުވެސް އޭނާ ގިނަ ވަގުތު ހޭދަކުރަނީ މޫދުގައި ނުވަތަ ޕޫލުގަ އެވެ. އެންމެ ފަހުން އޭނާ ރާއްޖެ އައީ ރަހުމަތްތެރިއަކާ އެކުގަ އެވެ.
ސާރާގެ އިތުރުންވެސް ބޮލީވުޑުގެ ގިނަ ތަރިންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލެކެވެ. އެގޮތުން ޓައިގާ ޝްރޮފްއާއި ދިޝާ ޕަޓާނީ އާ އަހަރު ފާހަގަކުރަންވެސް އައީ ރާއްޖެއަށެވެ. އަދި މިދިޔަ އަހަރު އެ ދެތަރިންވެސް އެކި ދުވަސްތައް ފާހަގަކުރަން ރާއްޖެ އައިސްފައިވެ އެވެ.