ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގިނަވާތީ، އުތީމު ގަނޑުވަރު ވަގުތީގޮތުން ބަންދުކުރަން ނިންމައިފިއެވެ.
ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑު ފެތުރޭ މިންވަރު އިތުރުވަމުންދާތީ އުތީމު ގަނޑުވަރުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާދަމާއިން އެ ގަނޑުވަރުގެ ހިދުމަތް މެދުކަނޑާލަން ވަނީ ނިންމާފައެވެ.
މި ދުވަސްވަރު ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެއަދަދު އިތުރުވުމާ ގުޅިގެން، ކޮވިޑު ފިޔަވަޅުތައްވެސް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މާލޭން އެހެން ރަށަކަށް ދަތުރުކުރާނަމަ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮތުން މަޖުބޫކޮށްފައިވާއިރު، ވެކްސިން ނުޖަހާ މީހުން ދަތުރުކުރާނަމަ 14 ދުވަހު ކަރަންޓުނުވާން ވަނި އަންގައިފައެވެ.