ގއ. ދާންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި ބ. ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
ކަމަދޫ ބަނދަރު މަރާމާތުކުރުން:
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 47 މިލިއަން ރުފިޔާއަށް، 400 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:
- 25،636 ކިއުބިކް މީޓަރު ބަނދަރު ފުންކުރުން
- 180 މީޓަރު ބޭރުތޮށި ޖެހުން
- 628 މީޓަރު ރިވެޓްމަންޓް ޖެހުން
- 346 މީޓަރު އެއްގަމުތޮށި ޖެހުން
- 70 މޫރިން ރިންގް ހަރުކުރުން
- 10 މޫރިން ބޮއި ހަރުކުރުން
- 11m x 11mގެ ރޭމްޕެއް ހެދުން
- 1730 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން
- 17 މަގު ބައްތި ޖެހުން
- 2 ނެރު ބައްތި ހަރުކުރުން
ދާންދޫ ބަނދަރު ބޮޑުކުރުން:
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 70.8 މިލިއަން ރުފިޔާއަށް، 485 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:
- 81،404 ކިއުބިކް މީޓަރު ބަނދަރު ފުންކުރުން
- 333 މީޓަރު ބޭރުތޮށި ޖެހުން
- 370 މީޓަރު ރިވެޓްމަންޓް ޖެހުން
- 30 މީޓަރު ގްރޮއިން ޖެހުން
- 529 މީޓަރު އެއްގަމުތޮށި ޖެހުން
- 104 މޫރިން ރިންގް ހަރުކުރުން
- 10 މޫރިން ބޮއި ހަރުކުރުން
- 30m x 4mގެ ކޮންކުރީޓް ބްރިޖް އެޅުން
- 100m x 9mގެ ކޮންކުރީޓް ޖެޓީ އެޅުން
- 10m x 9mގެ ރޭމްޕް ހެދުން
- 71 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން
- 36 މަގު ބައްތި ޖެހުން
- 2 ނެރު ބައްތި ހަރުކުރުން