އއ. ތޮއްޑޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން ފޮނުވި އާ ޖަނަރޭޓަރު ކޮމިޝަންކޮށް، ބޭނުންކުރަން ފަށައިފިއެވެ.
އެރަށަށް ފޮނުވާފައި ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ސްޓެވޯ ބްރޭންޑުގެ އެސްޓީޑަބްލިޔު600ގެ ޖަނަރޭޓަރެކެވެ. އާދިއްތަ ދުވަހު ފޮނުވި އެ ޖަނަރޭޓަރު ކޮމިޝަންކޮށް، ބޭނުންކުރަންފަށާފައި ވަނީ މިއަދުއެވެ.
އެ ޖަނަރޭޓަރު ބޭނުންކުރަން ފެށުމާއެކު އެރަށުގެ ކަރަންޓު ކެޕޭސިޓީ 1056 ކިލޯވޮޓުން 1065 ކިލޯވިޓަށް ވަނީ އިތުރުވެފައެވެ.
މިދިޔަ އަހަރުގެ އޮކްޓޮބަރު މަހުގެ ތެރޭގައި ސްޓެވޯއިން ތިން މޮޑެލްއެއްގެ ޖަނަރޭޓަރު ބާޒާރަށް ނެރެފައި ވެއެވެ. އެއީ އެސްޓީޑަބްލިޔު 300، އެސްޓީޑަބްލިޔު 600 އަދި އެސްޓީޑަބްލިޔު 800 އެވެ. ސްޓެވޯއިން އެސެމްބްލް ކުރާ ޖަނަރޭޓަރުތަކަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖަނަރޭޓަރާ އެއް ފެންވަރުގެ ޖަނަރޭޓާރުތަކެކެވެ.