އާންމުކޮށް ކޮފީ ބޯ މީހުންނާއި ކޮފީއާ ނުލައި ދުވަސް ނުފެށޭ މީހުންނަށް ރޯދަ މަހުގައި ކޮފީ ބޯނެ ވަގުތެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. އެއީ އެކަމަށް އެންމެ ރަނގަޅު ވަގުތަކީ ކޮބައިކަމެއް ނޭނގޭތީ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން، ރޯދަ ވީއްލާ ގަޑީގައި ނުވަތަ ރޯދަ ވީއްލުމަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮފީ ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ އެ ގަޑީގައި ކޮފީ ބުއިމުން ގޭސް އަރާނެތީ އެވެ. އަދި އެ ގަޑީގައި ކޮފީ ބުއިމުން ފެން މަދުވާ ކަމަށްވެސް ބައެއް ތަޖުރިބާކާރުން ބުނެ އެވެ.
ދަންވަރު ގަޑީގައި ނުވަތަ ނިދާ ގަޑިއާ ކައިރި ކޮށްފައި ކޮފީ ބުއިމަކީވެސް ރަނގަޅު ކަމެއް ނޫނެނެވެ. އޭގެ ސަބަބުން ރޭގަނޑުގެ ނިންޖަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އޭގެ އިތުރުން، ހާރު ކާ ގަޑީއަކީވެސް ކޮފީ ބޯން އެންމެ ރަނގަޅު ގަޑިއެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެމީހުން ބުނާ ގޮތުން، އެެ ގަޑީގައި ކޮފީ ބުއިމުން، ދުވާލު ގަޑީގައި ކަރުހިއްކުމާ ކުރިމަތިލާންޖެހެ އެވެ.
އޭގެ ބަދަލުގައި ކޮފީ ބޯންވީ ހާރު ކެއުމުގެ ދެ ގަޑިއިރު ކުރިންނެވެ. އަދި 50 މިލިގުރާމާއި 200 މިލިގްރާމާ ދެމެދުގެ އަދަދަކަށް ކޮފީ ބުއިމުން އޭގެ ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް ބުންޏެވެ. ނަމަވެސް އެއަށްވުރެ އިތުރަށް ކޮފީ ބޯ ނަމަ، ނިދުމަށާއި ކަރުހިއްކުން އިހުސާސް ކުރަންޖެހިދާނެ އެވެ.