Thu, 26 May, 2022, 12:14 pm
ރަސޫލާ ތުރުރކުރެއްވި ހެދުންކޮޅު ދައްކައިލުމަށް ބަހައްޓާފައި --

ކީރިތި ރަސޫލާ ތުރުކުރެއްވި ހެދުންކޮޅެއް ދައްކާލަން ބަހައްޓައިފި

Share on twitter
Share on facebook
Share on twitter
Share on facebook

ކީރިތި ރަސޫލާ ﷺ ތުރުކުރެއްވި ހެދުންކޮޅެއް ތުރުކީގެ އިސްތަމްބޫލުގައި ދައްކާލަން ބަހައްޓައިފި އެވެ.

އެ ހެދުންކޮޅަކީ ކީރިތި ރަސޫލާ، އުވައިސް އަލްޤަރްނީ ކިޔާ ބޭކަލަކަށް ހަދިޔާކުރެއްވި ހެދުުންކޮޅެކެވެ. އުވައިސްއަކީ މާތް ނަބިއްޔާގެ ސަހާބީ ބޭކަލެއް ނޫނެވެ. މާތް ނަބިއްޔާއަށް ޚިދުމަތްކުރައްވައި، އެކަލޭގެފާނުގެ މަތިވެރި ސަހާބީއަކަށް ވެވަޑައިގަތުމުގެ ހެޔޮ ނަސީބު ލިބިވަޑައިނުގަތަސް އުވައިސުއަކީ އެބޭކަލުންނަށްފަހު ދެން އައި އެންމެ ހެޔޮ ޖީލުގެ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ.

ޔަމަނަށް ނިސްބަތްވާ އުވައިސްއަކީ ކީރިތި ރަސޫލާގެ ޒަމާނުގައި އެކަލޭނގެފާނުގެ އަރިހަށް ޒިޔާރަތް ކުރެއްވުމަށް މަދީނާއަށް ވަޑައިގެެންނެވި ބޭކަލެކެވެ. ނަމަވެސް އޭރު އެކަލޭގެފާނުގެ މަންމާފުޅު ވަނީ މުސްކުޅި އުމުރުފުޅާ ހަމަޔަށް ފޯރައިފަ އެވެ. އެހެންކަމުން މަންމާފުޅު ބެލެހެއްޓެވުމުގެ ހުރިހާ ޒިންމާއެއް އުފުއްލެވީ އެކަލޭގެފާނެވެ.

އެހެންކަމުން އެކަލޭގެފާނުގެ މަންމާފުޅާ މެދު އިހުމާލުވެވިދާނެތީ މާތްނަބިއްޔާގެ އަރިހަށް ވަޑައިގަތުމަށް ހުރަހަކަށްވި އެވެ. އެގޮތުން އެތައް ފަހަރަކު ނަބިއްޔާގެ އަރިހަށް ވަޑައިގަތުމަށް ދަތުރު ހައްދަވާފަވެސް މަންމާފުޅު އެކަނިކޮށްލައްވާފައި ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާތީ އެކަން ނުކުރައްވައި ދޫކޮށްލެއްވި އެވެ. އެހެންކަމުން މާތް ނަބިއްޔާގެ މަތިވެރި ސަހާބީ ބޭކަލަކަށް ވެވަޑައިގަތުމުގެ ހެޔޮ ނަސީބު އެކަލޭގެފާނަށް ލިބިވަޑައެއްނުގަތެވެ.

އުވައިސްގެ އެ ވާހަކަ އަޑު އިވިވަޑައިތަގުމަށް ފަހު، ކީރިތި ރަސޫލާ އެ ހެދުންކޮޅު ޔަމަނަށް ދަތުރުކުރެއްވި ބޭކަލުންތަކަކާ ހަވާލުކުރައްވައި ފޮނުއްވެވި އެވެ. އޭގެ 24 އަހަރު ފަހުން އުވައިސް އަވަހާރަވި އިރު، އެއްވެސް ދަރިކަލަކު ނެތުމުން އެ ހެދުންކޮޅާ ހަވާލުވެލެއްވީ ބޭބޭފުޅެވެ. އެ ހެދުންކޮޅާ އަދިވެސް ހަވާލުވެ ތިއްބެވީ އެ ބޭފުޅުންނެވެ.

އެ އާއިލާއިން ބުނެފައިވާ ގޮތުގައި އެ ހެދުންކޮޅު ދައްކައިލަން ބަހައްޓާނީ މި މަހުގެ 29އާ ހަމައަށެވެ. އަދި އެ ހެދުންކޮޅު ބަލައިލަން ވަންނަ އިރު، ކޮވިޑުގެ ބަލިމަޑުކަމާ ގުުޅުގެން ބައެއް ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް ބުންޏެވެ.

ކީރިތި ރަސޫލާ ތުރުކުރެއްވި އެ ހެދުކޮޅު ދައްކާލުމަށް ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ބަހައްޓަ އެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ ދެ އަހަރު އެކަން ކޮށްފައެއް ނުވެ އެވެ.

އިސްތަމްބޫލުގެ ޓޮޕްކާޕީ ޕެލެސްގައި ކީރިތި ރަސޫލާއަށް ނިސްބަތްވާ އެކި ތަކެތި ދައްކާލުމަށް ބަހައްޓާފައި ހުރެ އެވެ. އޭގެ ތެރޭގައި އެކަލޭނގެފާނު ބޭނުންފުޅުކުރެއްވި ބޯތައްޓަކާއި ފައިވާން ޖޯޑެއް އަދި ތުނބުޅިފުޅުގެ އިސްތަށިކޮޅެއްވެސް ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.