Thu, 26 May, 2022, 12:55 pm

މައިގްރޭން ހުންނަ މީހުން ކެއިން ބުއިމުގައި މި ތަކެތި ބޭނުން ނުކުރޭ

Share on twitter
Share on facebook
Share on twitter
Share on facebook

މައިގްރޭންއަކީ ބޮލުގަ ރިހުމެކޭ ބުނުމުން ބައެއް ފަހަރު އެކަމުން ވާ އުނދަގޫ ދެނެގަންނަން އުނދަގޫ ވެދާނެއެވެ. ނަމަވެސް ބައެއް މީހުންނަށް މައިގްރޭންގެ ސަބަބުން ދިރިއުޅުމުގެ އެކި ކަންކަން ކުރަންވެސް އުނދަގޫވެއެވެ. އަދި އެނދުން ނުތެދުވެވޭ ހާލަތަށް ދާއިރު، ބައެއް މީހުން މޭ ނުބައިކޮށް ހޮޑުލައި އުޅެއެވެ.

އިިންޑިއާގެ ތިން ރިސާޗް އިންސްޓިޓިއުޓަކުން ގުޅިގެން ހެދި ދިރާސާއަކުން ދައްކަ ގޮތުން 2019 ވަނަ އަހަރު އެ ގައުމުގައި 213 މިލިއަން މީހުން މައިގްރޭންގެ އުނދަގޫ ރިޕޯޓުކޮށްފައި ވެއެވެ. އަދި އެކަމުގެ އުނދަގޫ އެންމެ ބޮޑު ވަނީ އުމުރުނން 40 އަހަރާއު 44 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް ބުންޏެވެ.

އެ ދިރާސާއިން އެމީހުން ވަނީ މައިގްރޭންއަށް ޓްރިގާ ކުރާ ކެއިން ބުއިމުގެ ބާވަތްތައް ދެނެގަނެފައެވެ. އެގޮތުން، 30 ޕަސަންޓު މީހުންނަށް މައިގްރޭން އެޓޭކްތައް އަންނަނީ ކެއިން ބުއިމުގައި ބޭނުންކުރަ އެއްޗެއްގެ ސަބަބުން ކަމަށް ދެނެގަނެވިފައި ވެއެވެ.

މައިގްރޭން ހުންނަ މީހުން ކޮފީއާ ދުރުވުމަށް ދިރާސާ ހެދި ފަރާތްތަކުން ލަފާ ދެއެވެ. އެމީހުން ބުނާގޮތުން މާ ގިނައިން ކޮފީ ބުއިމުން މައިގްރޭން އެޓޭކްތައް އަންނާނެއެވެ. ނަމަވެސް އާންމުކޮށް ކޮފީ ބޯ މީހުން ކުއްލިއަކަށް ކޮފީ ހުއްޓާލަން އެމީހުން ލަފައެއް ނުދެއެވެ. ސަބަބަކީ އެގޮތަށް ކޮފީ ހުއްޓާލައިފި ނަމަ ބޮލުގަ ރިއްސުމާއި މޭ ނުބައި ކުރުން ފަދަ ކަންކަން ބައެއް މީހުންނަށް ދިމާވާތީއެވެ. އޭގެ ބަދަލުގައި އެމީހުން އިރުޝާދު ދެނީ ލަސްލަހުން ކޮފީ ބޯ މިންވަރު މަދު ކުރަމުން ގޮސް، ސައި ފަދަ މަދުން ކެފެއިން ހުންނަ ބާވަތަކަށް ބަދަލުކުރާށެވެ.

ޕްރޮސެސްޑް މީޓް އަކީވެސް މައިގްރޭން އެޓޭކް ކުރިމަތިކުރުވާ ކާނާގެ ބާވަތެއް ކަމަށް ދިރާސާއިން ދެނެގަނެވިފައި ވެއެވެ. އޭގެ ތެރޭގައި ސޮސެޖް އަދި ސާލާމީ ހިމެނެއެވެ. މިއީ ދިވެހީންގެ މެދުގައިވެސް މަގުބޫލު ކާނާގެ ބާވަތްތަކެކެވެ. ދިރާސާއިން ދައްކާގޮތުން މި ތަކެތި ކެއުމުން މައިގްރޭން އެޓޭކް ކުރިމަތިވަނީ އޭގައި ހުންނަ ގިނަ އަދަދެއްގެ ޕޮޓޭސިއަމްއާއި ސޯޑިއަމް ނައިޓްރޭޓްގެ ސަބަބުންނެވެ.

ދެން ދުރުވާންވީ ޗީޒްއާއެވެ. އޭގެ ތެރެގައިވެސް މޮޒަރެއްލާ ފަދަ “އޭޖްޑް ޗީޒް”ތައް ހިމެނެއެެވެ. ދިރާސާ ހެދި ފަރާތްތަކުން ބުނީ އެފަދަ ފީޒްތައް ކެއުމުން މައިގްރޭން ކުރިމަތިވާ ކަމަށް ދިރާސާގައި ބައިވެރިވި ގިނަ މީހުން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.