Tue, 4 October, 2022, 11:31 am

ހޫނުގަދަ ދުވަސްތަކުގައި ފިނިކޮށްލަން މިއީ ބޯން ރަގަޅު ސައިތައްޓެއް

ސަޔަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ބުއިމެކެވެ. އާންމުކޮށް މީހުންނަށް ގަބޫލުކުރެވޭ ގޮތުގައި ސަޔަކީ ފިނި ދުވަސްދުވަހަށް ރަނގަޅު ބުއިމެކެވެ، އެހެންކަމުން ހޫނު ދުވަސްދުވަހުގައި ފިނިކޮށްލަން ސައިތައްޓެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ފިނިކޮށްލުމަށް އެހީވެދޭނީ ސައިގެ ބައެއް ބާވަތްތަކުންނެވެ.

މިންޓް ޓީއަކީ ފިނިކޮށްލުމަށް ބޯން ރަނގަޅު ސައެކެވެ. މިންޓް ސަޔަކީ ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްސް ހިމެނޭ ސައެކެވެ. އެހެންކަމުން، ހޫނު ދުވަހަކަށް ފަހު ފިނިކޮށްލުމަށް މި ސައި އެހީވެދޭނެއެވެ. ފިނިކޮށް މި ސައި ބީން ބޭނުންވާ ނަމަ، އައިސްއާއި މިންޓް ފަތްކޮޅެއް ނުވަޔަ ލުނބޯ އަޅައިގެންވެސް ބޮވިދާނެއެވެ.

ލެމަންގްރާސް ސަޔަކީވެސް ފިނިކޮށްލުމަށް މަގުބޫލު ސައެކެވެ. މި ސަޔަކީ ބުރަ ދުވަހަކަށް ވަހު ސްޓެރްސް ފިލުވާލަންވެސް ބޭނުންކުރެވިދާނެ ސައެކެވެ. އަދި މީގެ ސަބަބުން ހަށިގަނޑުގައި އިންފްލެމޭޝަން އުފެދުމުންވެސް ރައްކާތެރިކޮށްދޭނެއެވެ. އޭގެ އިތުރުން ލެމަންގްރާސްއަކީ ހަށިގަނޑަށް ފިނނިކަން ގެނުވައިދޭ ސައެކެވެ.

ރީޒް ސައި ނުވަތަ ފިނިފެންމާ ސަޔަކީ ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓާއި މިނަރަލްސް ހިމެނޭ ސައެކެވެ. އަދި ގިނަ އަދަދަކަށް ވިޓަމިން ސީވެސް ހިމެނޭ މި ސަޔަކީ ހޫނުކޮށް އަދި ފިނިކޮށްވެސް ބޮވޭނެ ސައެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.