Thu, 26 May, 2022, 1:48 pm
މީހެއްގެ ސަންދޯކެއް ކައިރީގައި އަންހެނަކު އިދެގެން ރޮނީ ---

ދިރިހުރި އިރު، މީހަކަށް އޮތް ލޯތްބާއި ގުޅުންތައް މަރުވުމަށްފަހު ވެސް ދަމަހައްޓަންޖެހޭ: ހުތުބާ

Share on twitter
Share on facebook
Share on twitter
Share on facebook

އިސްލާމް ދީނަކީ މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި ގުޅުންތައް ބަދަހިކަންމަތީ ދެމެހެއްޓުމަށް ބާރު އަޅާ ދީނެއް ކަމަށާއި އެގޮތުން އެ ލޯތްބާއި ގުޅުންތައް އޮންނަންވާނީ ހަމައެކަނި ދިިރިއުޅުމުގެ ހަޔާތުގައި އެކަނި ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

“އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތައް” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މާތްالله ގެ އެއްކައުވަންތަކަން ގަބޫލުކުރުމާއި ކީރިތި ރަސޫލާއަށް ލޯބިވުމާއި އެކަލޭގެފާނަށް އަދަބު އިހުތިރާމް އަދާކުރުމާއި އިސްލާމީ ޝަރީއަތަށް ބޯލަނބައި ކިޔަމަންގަތުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް ކަމަށާއި އެއީ މާތް الله އާއި ރަސޫލާއަށް އަދާކުރަންޖެހޭ ހައްގެއް ކަމަށެވެ.

އެ ހައްގުތަކުގެ އިތުރުން އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތަކެއްވެސް ވާކަމަށް ހުތުބާގައި ބުންޏެވެ.

އެގޮތުން އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތައް ކީރިތި ރަސޫލާ ވަނީ ހަދީޡް ކުރައްވައިފަ އެވެ.

އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތަކުގެ ތެރޭގައި ބައްދަލުވެއްޖެ ނަމަ ސަލާމް ކުރުމާއި ދައުވަތެއް ދީފިނަމަ އެ ދައުވަތަކަށް އިޖާބަދިނުމާއި ކިނބިއްސެއް އެޅޭހިނދު މާތް الله އަށް ހަމްދުކޮށްފި ނަމަ, އޭނާއަށްޓަކައި ހެޔޮދުއާ ކުރުމެވެ. އަދި ބަލިވެއްޖެ ނަމަ އޭނާއަށް ޒިޔާރަތް ކުރުމާއި ދުނިޔެ ދޫކޮށްފި ނަމަ އޭނާގެ ޖަނާޒާގައި ބައިވެރުވުމެވެ.

އަދި އެ ހަދީޡުގައި ބަޔާން ކުރައްވާފައިވާ ހައްގުތަކަކީ އެއްވެސް މުސްލިމަކު ދޫކޮށްލައިގެންވާނެ ހައްގުތަކެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ, އިސްލާމް ދީނަކީ މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި ގުޅުންތައް ބަދަހިކަންމަތީ ދެމެހެއްޓުމަށް ބާރު އަޅާ ދީނެއް ކަމަށާއި އެގޮތުން އެ ލޯތްބާއި ގުޅުންތައް އޮންނަންވާނީ ހަމައެކަނި ދިިރިއުޅުމުގެ ހަޔާތުގައި އެކަނި ނޫން ކަމަށެވެ.

ދިރިހުރިއިރު އޮތް ގުޅުންތަކާއި ހައްގުތައް މަރުވުމަށްފަހުވެސް ދަމަހައްޓަންޖެހޭ ކަމަށާއި އެ ހައްގުތަކުގެ ތެރޭގައި ޖަނާޒާގައި ބައިވެރިވުމާއި ކަށުނަމާދުގައި ބައިވެރިވުމާޢި މައްޔިތާ ވަޅުލުމުގެ ކަންތައްތަކުގަައި ބައިވެރިވުމާއި މައްޔިތާއަށް ހެޔޮ ދުއާކުރުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.

އަދި މައްޔިތާއަށް އިސްތިއުފާރު ކުރުމާއި ރަހުމަތް ލެއްވުން އެދި ދުއާ ކުރުމާއި އޭނާގެ ގާތްތިމާގެ މީހުންނާ އޮންނަ ގުޅުންތައް ދެމެހެއްޓުމާއި ސަދަގާތް ކުރުމަކީ އެދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވާނެ ކަމެއް ކަމަށް ބުންޏެވެ.

މީހަކު ދުނިޔެ ދޫކޮށްފި ނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުމަށް މާތް ނަބިއްޔާ ހަދީޡް ކުރައްވާފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, މައްޔިތާގެ ކަށުކަމާކެމީގެ ކަންތަކުގައި ދިރިތިބީންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެކަމުގެ ސަބަބުން މައްޔިތާއަށް ލިބޭ ސަވާބު އިތުރުވާނެ ކަމެއް ކަމަށެވެ. އަދި ޖަނާޒާގައި ބައިވެރިވުމަކީ ދިރިތިބީންނަށާއި މައްޔިތާއަށް މާތް الله ރަހުމަތް ލައްވާ ކަމެއް ކަމަށާއި މައްޔިތާގެ އަހުލުވެރިންގެ ހިތާމަތަކުގައި ބައިވެރިވެވޭ ބައިވެރިވުމެއް ކަމަށްވެސް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.