Thu, 8 December, 2022, 11:37 am
ކްރިމިނަލް ކޯޓު އިމާރާތް -- ފޮޓޯ: ހަފްތާ

މަންމަނު މީހަކަށް ވެގެން، ގެއަކަށް ވަގަށް ވަދެ ރުފިޔާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފި

މަންމަނު މީހަކަށް ވެގެން ރުފިޔާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފި އެވެ.

ވައްކަން ކުރުމާއި ހުއްދަ ނޫންތަނަކަށް ވަނުމުގެ ތުހުމަތުގައި ހައްޔަރުކުރި މ. މުލަކަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ އެ މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އޭނާއަކީ ވައްކަމުގެ ކުށުގެ ރެކޯޑުގެ އިތުރުން އެހެނިހެން ކުށްތަކުގެ ކުށުގެ ރެކޯޑުވެސް ގިނަ މީހެކެވެ.

ކޯޓުގެ އަމުރުގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ހާދިސާ ރިޕޯޓުން އޭނާ މާފަންނު ގެއަކަށް ހުއްދަ ނުހޯދައި ވަދެ، މަންމަނު މީހަކަށް ވެގެން ރުފިޔާ ހޯދަން އުޅުނު ކަމަށް ބަޔާންކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ކޯޓުން އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކަ އެވެ.

ނަމަވެސް ކޯޓުގައި ބަޔާން ދެމުން ހައްޔަރުކުރި މީހާ ވަނީ އޭނާ އެގެއަށް ވަދެފައިވަނީ ވެރިފަރާތުން ބުނެގެން ކަމަށް ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.