Thu, 8 December, 2022, 11:37 am
ފީނަން ފޭބުމަށް ފަހު ގެއްލިގެން ހޯދާ ސައީދު -- ފޮޓޯ: ސޯޝަލް މީޑިއާ

ޑައިވް ކުރަނިކޮށް ގެއްލުނު ސައީދު ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

ޏ.ފުވައްމުލަކު ނެރުކައިރިއަށް ޑައިވްކުރަނިކޮށް ގެއްލުނު މުހައްމަދު ސަޢީދު ހޯދުމުގެ މަސައްކަތް ހުއްޓާލައިފި އެވެ.

ސައީދު ގެއްލުނީ މިމަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު 2:30ގައި ފުވައްމުލަކު ޓައިގާ ޝާކު ޑައިވިން ޕޮއިންޓަށް ފޭބި ފަހުންނެވެ. ފީނަން ފޭބި އިރު، އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެކެވެ.

އެމްއެންޑީއެފުން މިރޭ ބުނީ، ސައީދު ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކޯސްޓްގާޑުން ހުއްޓާލާފައިވާ ކަމަށެވެ.

އަދި މިދިޔަ ހަތް ދުވަހުގެ ތެރޭގައި ވައިގެ މަގުން 2960 ސްކެއާ މޭލު، ކަނޑުގެ މަގުން (ސާފޭސް ސާޗު) 760 ސްކެއާ މޭލު އަދި ކަނޑުގެ އަޑިން 1000 މީޓަރުގެ (ފުންމިން 85 މީޓަރު) ސަރަހައްދެއް ބަލާފައިވާނެ ކަމަށް ބުންޏެވެ.

މޫދަށް ގެއްލޭ މީހުން ހޯދުމުގެ އޮޕަރޭޝަންތައް އާންމުކޮށް ކުރިއަށް ގެންދަނީ ހަތް ދުވަހަށެވެ. އެގޮތުން ސައީދު ހޯދުމުގެ އޮޕަރޭޝަން އެމްއެންޑީއެފުން ހުއްޓާލީ އޭނާ ފެނިފައިނުވާތީ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.