ބޮލީވުޑަށް މަހޭޝް ބާބޫ ގަނެގުނެލެވޭނެ ކަމަށް ބުނެ ދެއްކި ވާހަކަ އޭނާ ތަރުޖަމާކޮށްދީފި އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި މަހޭޝް ބުނީ ބޮލީވުޑަށް އޭނާ ގަނެނުލެވޭނެ ކަމަށެވެ. އެހެން ބުނުމުން އޭނާއަކީ ބޮޑާ މީހެއް ކަމަށް ބައެއް މީހުންނަށް ހީވެދާނެ ކަމަށާއި ނަމަވެސް ބޮލީވުޑް ފިލްމުތައް ކުޅެގެން އޭނާގެ ވަގުތު ބޭކާރުކޮށްލަން ބޭނުން ނުވާ ކަމަށް ބުންޏެވެ.
މަހޭޝްގެ އެ ކޮމެންޓަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އިރު، ގިނަ ބަޔަކު ބުނަމުން ދިޔައީ އޭނާ ބޮލީވުޑްގެ މަސައްކަތްތަކަށް އިހުތިރާމް ނުކުރަނީ ނަމަށެވެ.
ސޯޝަލް މީޑިއާގައި އެކަންތައް ހޫނުވުމުން މަހޭޝް އެންމެ ފަހުން ވަނީ އޭނާ ބުނި ވާހަކަ މާނަކޮށްދީފަ އެވެ.
މަހޭޝް ބުނީ ބޮލީވުޑަށް އޭނާ އިހުތިރާމް ނުކުރަނީ ނޫން ކަމަށާއި އޭނާއަކީ ހުރިހާ ބަހަކުން ގެނެސްދޭ ފިލްމުތަކަށްވެސް ވަރަށް ތާއީދުކުރާ މީހެއް ކަމަށެވެ.
ނަމަވެސް އޭނާ ދެއްކި ވާހަކައިގެ މާނައަކީ އޭނާ މިހާރު ކުރާ މަސައްކަތް އޭނާއަށް ވަރަށް ކަމުދާ ކަމަށާއި އަދި އޭނާ އެންމެ ހިތްހަމަޖެހެނީ އެ ތަނުގައި މަސައްކަތް ކުރަން ކަމަށް ބުންްޏެވެ.
އަދި ހަމަ އެއާ އެކު ޓެލުގޫ ފިލްމުތަކަށް މަގުބޫލުކަން ލިބޭތީ އެކަމަށް އުފާކުރާ ކަމަށްވެސް ބުންޏެވެ.