އިންޑިއާ އިން ގޮދަން ފުށް އެކްސްޕޯޓްކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
ގޮދަނުގެ ބާވަތްތައް އެކްސްޕޯޓްކުރުން މަޑުޖައްސާލަން އިންޑިއާ އިން ނިންމީ، މިހާރު ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަޕްލައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާތީ ، އިންޑިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ވަރަށް ގޮދަނުގެ ބާވަތްތައް ކަށަވަރުކުރުމަށެވެ.
އިންޑިއާގެ ޑައިރެކްޓަރރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑު ޕީކޭ ޗައުދަރީ އެގައުމުގެ ބައެއްނޫސްތަކަށް ވިދާޅުވެފައިވަނީ އިންޑިޔާ އިން ގޮދަނުގެ ބާވަތްތައް އެކްސްޓްކުރުން މި ވަގުތަށް މެދުކަނޑާލިނަމަވެސް ގޮދަނުގެ ބާވަތްތައް ކޮންމެހެން ބޭނުންވާ ގައުމުތަކަށް އެ ގައުމުތަކުގެ ސަރުކާރުތަކުން އެދިއްޖެ ނަމަ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.
އަދި ކާޑުގެ ބާވަތަށް އެކްސްޕޯޓްކުރުމާއި ބެހޭ ގޮތުން މިމަހުގެ 10ވަނަ ދުވަހާއި ހަމަޔަށް އެގްރީމެންޓް ހަދާފައިވާ ގައުމުތަކަށް ގޮދަނުގެ ބާވަތަށް ލިބޭނެކަމަށްވެސް އިންޑިޔާވަނީ ބުނެފައެވެ. އެހެންނަމަވެސް ގޮދަންފުށް އެގައުމުތަކަށްވެސް ދޫކުރާނީ ކޮން މިންވަރަކަށް ކަމަށް އިންޑިޔާ އިން ނުބުނެއެވެ.
އިންޑިޔާއިން އަހަރެއްގެ މައްޗަށް 7 މިލިޔަން ޓަނުގެ ގޮދަންފުށް އެކްސްޕޯޓް ކުރެއެވެ. އަދި އިންޑީޔާގެ ގޮދަނުގެ ބާވަތްތަށް އެންމެގިނައިން އެކްސްޕޯޓްކުރާ އެއްގައުމަކީ ބަންގްލަދޭޝްއެވެ.