Thu, 8 December, 2022, 11:40 am
12 މޭ 2022: ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު، ހ. ދޫވެހީގެ ދޮރަށް އެމަނިކުފާނު ހައްޔަރުކުރުމަށް ގޮވާލައި ސްްޕްރޭކޮށްފައި---

ރައީސް ޔާމީންގެ ގެކޮޅަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ސްޕްރޭ ކޮށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން  ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ ޒުވާނެއްކަމަށާއި، އިއްޔެ ހައްޔަރުކުރި އެ ޒުވާނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށެވެ.

ރައީސް ޔާމީން ހައްޔަރު ކުރަން ގޮވާލައި ސްޕްރޭއިން އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހީގެ ރަސްމީ ދޮރަށާއި ގަރާޖު ގޭޓަށް ސްޕްރޭކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޭގެ އިތުރުން ޕީޕީއެމް އޮފީހަށާއި އެ އޮފީހުގައި ހަރުކޮށްފައި ހުރި ޕޯސްޓަރަކަށް ވެސް ވަނީ ކަލޫކުލައިގެ ސްޕްރޭ ކޮށްފައެވެ.

މީޣެއިތުރުންވެސް ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއްވެސް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަނީ ހޫސަހަޅާފައެވެ.

ޕީޕީއެމްގެ ފަރާތުން ތ. ގުރައިދޫ ދާއިރާާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ “މޯލްޑިވްސް ޔޫތް ފޯސް”ގެ ނަމުގައި ހިންގާ ތްވިޓާ އެކައުންޓަކުން އާންމުކޮށްފައިވާ ވީޑިއޯގައި ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

އަދި އެ ވީޑިއޯގައި ދައްކާފައިވާ ވާހަކަތަކުން، އެކަމުގެ އަޑީގައި ބަޔަކު ތިބެގެން ރައީސް ޔާމީނަށް ޓެރަރިސްޓު ހަމަލާއެއް ދޭން ރާވާފައިވާކަން ސާފުވާ ކަމަށް އެ ބުންޏެވެ.

އެ މައްސަލަ ޕީޕީއެމްގެ ފަރާތުން ފުލުހުންނަށްވެސް ހުށަހަޅާފައި ވެއެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވީ ނަމަވެސް އެ އިދާރާއިން އެ މައްސަލަ ބަލަމުންދާ ކަމުގެ އެއްވެސް އިޝާރާތެއް މީހާތަނަށް ދީފައި ނުވާތީ އެ ޕާތީން ވަނީ ކަންބޯދުވުން ފާޅުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.